ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަރީމްބެއަކީ އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންނެވި ނަމޫނާ ޝަޚުޞިއްޔަތެއް: ރައީސް

TTH_Ads
STO_Ads
Advertisement

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ޢަބްދުލްކަރީމް އާދަމް (ކަރީމްބެ)އަކީ އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންނެވި ނަމޫނާ ޝަޚްޞިއްޔަތެއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކަރީމްބެ އަވަހާރަވުމުގެ ހިތާމައިގައި އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް ގެއްލިގެން އެދިޔައީ، އެ ދާއިރާއަށް ބައި ގަރުނަށް ވުރެ ގިނަ ދުވަހު އައި ބަދަލުތައް ގާތުން ދެކެވަޑައިގެންނެވި، ތަޖްރިބާކާރު، އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ނަމޫނާ ޝަޚްޞިއްޔަތެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވުމުގެ ހިތާމައިގައި، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް ޢަބްދުލްކަރީމް އާދަމް ލެހެއްޓެވުން އެދި ދުޢާ ދަންނަވާފައެވެ.

HajjCop_ads
Advertisement

އަބްދުލްކަރީމް އާދަމް ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 18 ޖޫން 1961 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޞިއްޙަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓުގެ (ލޭ ނެގުމާ ބެހޭ) ވަޒީފާއެވެ. އޭގެ ފަހުން 16 ޖުލައި 2009 ގައި އުމުރުން 65 އަހަރުވެގެން ރިޓަޔަރ ކުރައްވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވީ ޞިއްޙީ ދާއިރާގައެވެ. އޭނާ ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

ޢަބްދުލްކަރީމް އާދަމް، ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އެ ދުވަސްވަރު ހެލްތު ވޯރކަރުން ތަމްރީނު ކުރުމަށް ހޮލެންޑުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ވަޑައިގެން، ދެއްވި ތަމްރީނުތަކަށްފަހުގައެވެ. އޭގެ ފަހުން ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އިންޑިއާއިންނާއި، ތައިލެންޑުން ތަމްރީނުތައް ފުރިހަމަކުރައްވައިފައެވެ.

ޢަބްދުލްކަރީމް އާދަމަކީ، ޓީ.ބީ.އާއި ފައިލޭރިއާއާއި، ލެޕްރަސީ ފަދަ ބޮޑެތި ބަލިތައް ތަޙައްމަލްކުރާ ފަރާތްތައް އެކަހެރިކޮށް، އެ ފަރާތްތަކަށް ފަރުވާދިނުމުގައި، އެކި އަތޮޅުތަކުގައި ހުންނަވައިގެން، އެކިފަހަރުމަތިން ހަތަރު އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ. އަދި މާލޭގެ ގޭގޭގެ ފެންވަޅުތައް ކްލޮރިނޭޓް ކުރުމުގެ މަސައްކަތާއި، ބޯން ބޭނުންކުރާ ފެން ޓެސްޓް ކުރުމާއި، ކޮލެރާ ދުވަސްވަރު ވެކްސިން ދިނުމުގެ މަސައްކަތާއި، ހޮޓާ ރެސްޓޯރެންޓްތަކުގެ ސާފުތާހިރުކަން ހުރި ނެތް ގޮތް ބައްލަވައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުއްވުމުގެ މަސައްކަތްވެސް ވަނީ ކުރައްވައިފައެވެ.

މީގެ އިތުރުން، ރާއްޖެއިން ޔޫރަޕްގެ މާކެޓަށް އެކްސްޕޯޓް ކުރާ ކަންނެލި، ޔޫރަޕްގެ ސްޓޭންޑަޑަށް ޕެކް ކުރެވޭކަން ކަށަވަރުކޮށް، ސެޓުފިކެޓު ދޫކުރެއްވުމާއި، ރާއްޖެއަށް އަލަށް އެތެރެކުރާ ބޭސް ޓެސްޓުކޮށް އިމްޕޯޓް ކުރުމުގެ ހުއްދަ ދެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ.

މީގެ އިތުރުން އަދި އުމުރުން ދުވަސްވެފައިވާ ބަލިމީހުންނަށް ފަރުވާދިނުމަށް، ނުރަސްމީ ގަޑިތަކުގައި ގޭގެޔަށް ޒިޔާރަތް ކުރައްވަމުން ގެންދަވައިފައި ވެއެވެ. މީގެއިތުރުން، ކުދިން ޚިތާނުކުރުމުގެ މަސައްކަތްވެސް އޭނާ ވަނީ ކުރައްވައިފައެވެ.

ސިއްޙީ ދައިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަބްދުލްކަރީމް މުޅި ޖުމްލަ 47 އަހަރު ދިވެހި ދައުލަތަށް މެދުކެނޑުމެއްނެތި ޚިދުމަތް ކުރައްވާފައިވެއެވެ. އަބްދުލްކަރީމްގެ ޤައުމީ ޚިދުމަތްތައް ފާހަގަކުރައްވާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2023 ވަނަ އަހަރު ސަރުކާރުން ވަނީ ދެއްވާފައެވެ.

އަބްދުލްކަރީމް މައްޗަށް ކުރެވޭ ކަށުނާމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

ތިލަފުއްޓަށް ޕޯޓް ބަދަލުކުރާއިރު ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ: ރައީސް

Qw

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Qw

ކޮރަޕްޝަނުން ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

466845 e668f9cd 6

 މިހާރު ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ “މޯލްޑިވްސް ފަސްޓް”، އެމްޑީޕީން ގެންގުޅުނީ ޕްރޯ-އިސްރާއީލު ސިޔާސަތެއް: ރައީސް