ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަވައްދަތު ސިލްސިލާގެ ހަތަރު ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ: މަޢުޟޫޢުއަކީ ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް

ކައިވެންޏާއި ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުުރުކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ‘މަވައްދަތު’ ސިލްސިލާގެ ހަތަރު ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ. މި ފޯރަމް ކުރިއަށްދާނީ ރޭގަނޑު 20:00 އިން 22:30 އަށެވެ.

މި ފޯރަމްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ‘ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް’ މި މަޢޫޟޫއަށެވެ. މި ފޯރަމްގައި ބައިވެރިވެލައްވާނީ އައްޝައިޚް ނިމާލު މުޙައްމަދު، އައްޝައިޚް އަޙްމަދު މަޢުސޫމް އަދި އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ.

މި ސިލްސިލާގެ ތިން ފޯރަމެއް މިހާތަނަށް ބާއްވާފައިވާއިރު، މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ “ކައިވެނީގެ ކުރިން” މި މަޢުޟޫއުއަށެވެ. އަދި މި ސިލްސިލާގެ ދެވަނަ ފޯރަމްގައި “ކައިވެންޏަށް ތައްޔާރުވުން” މި މަޢުޟޫއުއަށް އަލިއަޅުވާލާފައިވާއިރު ތިން ވަނަ ފޯރަމްގައި އަލިއަޅުވާލާފައިވަނީ “ކައިވެނި ކުރެވުމާއެކު” މި މަޢުޟޫއަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ