ކުއްލި ޚަބަރު

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޗައިނާގެ އެހީގައި އައްޑޫ ސިޓީގައި ލޮޖިސްޓިކް ހަބެއް ގާއިމުކުރަނީ

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ހުއަހިން ސިކްސެސް ކްރިކެޓް މުބާރާތުން ރަންވަނަ ހޯދި ރާއްޖޭގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި

ތައިލލެންޑުގައި ބޭއްވުނު ހުއަހިން ސިކްސެސް ކްރިކެޓް މުބާރާތުން ރަން މެޑަލް ހޯދައިގެން އައި ދިވެހި ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ހާމަކުރި ގޮތުގައި، މި މުބާރާތުގައި ދިވެހިރާއްޖެއިން ތިން ގިންތިއަކުން 30 ކުޅުންތެރިން ބައިވެރިވިއެވެ. މީގެ ތެރެއިން ވެޓެރަންސް އަދި ބޯލްސް ގިންތީގެ ޗެމްޕިއަންކަން ދިވެހި ޓީމުން ހޯދާފައިވެއެވެ.

މި ފަޚުރުވެރި ކާމިޔާބީއާއެކު ބުދަ ދުވަހުގެ ރޭ ވެޓެރަންސް ޓީމު ރާއްޖެ އައުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެ ޓީމަށް މަރުޙަބާ ކިޔުއްވީ ކުޅިވަރާއި ޒުވާނުންގެ ކަންކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޟެވެ. މީގެ އިތުރުން، ކްރިކެޓް ދާއިރާގެ އިސް ފަރާތްތަކުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާއްޖެ އެނބުރި ވަޑައިގަޑައިގަތުމަށްފަހު ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސީބީއެމްގެ ނައިބު ރައީސް އަޙްމަދު އިސްޙާޤު ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ ކުރީ އަހަރު ހޯދި ތަށި ދިފާޢުކުރުން ކަމަށެވެ. އަދި ބައިވެރިވި ތިން ގިންތިއަކުން ދެ ގިންތިއެއްގެ ޗެމްޕިއަންކަން ހޯދުމަކީ ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މުބާރާތުގެ ވެޓެރަންސް ގިންތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯއްދެވި އާރިފް ރިޒާ ވިދާޅުވީ މުބާރާތް ކުރިއަށް ގޮސްފައިވަނީ ވަރަށް ފުރިހަމަ ގޮތެއްގައި ކަމަށާއި، ދިވެހި ޓީމުން ކުޅުނު މެޗުތަކުގައި ވަރަށް ހަރުދަނާ ކުޅުމެއް ދައްކާފައިވާ ކަމަށެވެ. އަދި މި މުބާރާތަކީ އާ ތަޖުރިބާތަކެއް ލިބުނު މުހިންމު ފުރުޞަތެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިންވެސް މި މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާއިރު، ފާއިތުވި އަހަރުވެސް ދިވެހި ޓީމުން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި 50 އަހަރުން މަތީގެ އުމުރުފުރާގެ ވެޓެރަންސް ގިންތީގެ ޗެމްޕިއަންކަމާއި، މާސްޓަރސް ގިންތީގެ ރަނަރަޕް މަޤާމު ހިމެނެއެވެ.

މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކޮށްފައިވަނީ ސީނިއަރ ކްރިކެޓަރސް ކުލަބުގެ މެންބަރުންނެވެ. ސީބީއެމްއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ޓީމުގައި ކުރީގެ ނަންމަޝްހޫރު ގިނަ ކުޅުންތެރިން ހިމެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202507280537121753706232.324

މޯލްޑިވިއަނުން ޗައިނާގެ ތިން ސިޓީއަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

66

ޗައިނާގެ އެހީގައި އައްޑޫ ސިޓީގައި ލޮޖިސްޓިކް ހަބެއް ގާއިމުކުރަނީ

418828 2aa23227 1

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

112

ހުޅުމާލެ އެސްޓީއޯ ހޮޓެލް އެޗްޑީސީއާ ހަވާލުކޮށްފި

TTH_advertisement ELL Mobile Advertisement