ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމިކް ލައިބްރަރީތަކަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

121

އިސްލާމިކް ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް ހަދިޔާކުރުމުގެ ފުރުޞަތު ޢާންމުންނަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމިކް ފައިނޭންސްގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ފޮތްތައް ހަދިޔާކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ފޮތް ހަދިޔާކުރުމަށް ހުޅުވާލާފައިވާ ލައިބްރަރީތަކުގެ ތެރޭގައި ރ. އުނގޫފާރު އިސްލާމިކް ސެންޓަރު، ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރު، ހއ. ދިއްދޫ އިސްލާމިކް ސެންޓަރު އަދި ފުވައްމުލަކު ސިޓީ ޤުރްއާން ސެންޓަރު ހިމެނެއެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ލައިބްރަރީތަކަށް ބޭނުންވަނީ ދިވެހި އަދި އިނގިރޭސި ބަހުން ހުރި އިސްލާމީ، ތަޢުލީމީ، އިޖުތިމާޢީ، އިޤްތިޞާދީ، ކުޑަކުދިންގެ ފޮތްތަކާއި، އަދަބީ ފޮތްތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުގެ ފޮތްތަކެވެ.

ފޮތް ވިއްކަން ބޭނުންވާ ފަރާތްތަކުން ފޮތްތަކުގެ ނަންތަކާއި އަގުތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެއެވެ. ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުމަށްވެސް އެދިފައިވެއެވެ.

ފޮތް ހަދިޔާކުރުމަށް ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ މި މަހުގެ 22 ވަނަ ދުވަހުގެ 14:00 ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ސައުދީން ހަދިޔާކުރި މުސްޙަފްތައް އަލަށް ހުޅުވި މިސްކިތްތަކަށް ހަދިޔާކޮށްފި

767

ފްލައިޓެއް ޗާޓަރުކޮށް، ނުފުރިތިބި 164 މީހުން ޢުމްރާއަށް މިރޭ ފުރުވާލަނީ

Mussss

ހަނގުރާމައާ ގުޅިގެން ދިވެހި އުމްރާވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

98

ސައުދީން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި