ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަމްޒަމް ފެން ކަމަށް ބުނެ އިސްކުރު ފެން ވިއްކާ މައްސަލައެއް ފުލުހުން ބަލަނީ

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޒަމްޒަމް ފެން ކަމަށް ބުނެ އިސްކުރު ފެން ވިއްކާ މައްސަލައެއް ސަމާލު ކަމަށް އައިސް އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ޒަމްޒަމް ފެން ވިއްކާ ކަމަށް ބުނެ “ސާމާނު” ކިޔާ ޕޭޖަކުން ދަނީ އިޝްތިހާރު ކުރަމުންނެވެ. އެއީ އޮރިޖިނަލް ޒަމްޒަމް ފެން ކަމަށް ބުނެ ފެން ގަންނަން ގުޅާނެ ނަންބަރެއް ވެސް ހިމަނާފައިވެ އެވެ.

ނަމަވެސް އެއީ ޔޫއޭއީގައި އިސްކުރު ފެން އަޅައިގެން ބަންދުކޮށްގެން ރާއްޖެ ގެނެސް ވިއްކަމުންދާ ފެނެއް ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި ޔޫއޭއީގެ ފުލުހުން ވަނީ އެ ފެން ބަންދުކުރާ ތަން ރެއިޑްކޮށް އެކަމުގައި ހަރަކާތްތެރިވާ މީހުން ހައްޔަރު ކޮށްފައި ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

HajjCop_ads
Advertisement

އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން އެކަމާއި ބެހޭ މައުލޫމާތު ސާފު ކުރަމުންދާ ކަަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

م م س
ބޮނަކުއާގެ ބޮޑަތި ފެންފުޅި އަށާރަލިތަރުގެ ވިއްކަމުންއެދަނީ ވޯޓާސަޕުލާފެންއަލާގެން އެކަންކުރަނީ އެތަނުގައި އެފެންސަޕުލައިކުރަންއުލޭ ބޭރުމީހުން އެކަންކުރާ ވޮތަކީ އެފުޅީގައި ޖަހާމަތޖގަނޑު އެމީހުންއަތުގައި ހުރޭ ދުވާ 9:30 ނުވަގަޑިބައިގައި ފެނަށްއޯޑަރުދިނީމަ ފެންގެނެސްދެނީ ރޭގަނޑު 7:45 ގައި ސައްކުވެގެން އެފެންޗެކު ކުރީމައެގުނީ ހުޅުމާލޭ ގެ ވުލޫކުރަންހުންނައިސްކުރުން ބޮނުކުއާގެ18 އަށާރަލިތަރުގެ ހުސްފުޅިއަށްއަޅަގެން ގެނެސް އެއޯޑަރުދިންގެއަކަށްގެނެސްލާފައި އަށާރަ ލީޓަރުގެފެންފުޅިއަަަކަށް 53 ރުފިޔާނަގައިގެން އެކަމަކުއެއި ވޯޓާސަޕުލާފެން.މީ މިރާއްޖޭގައި ތިޒާތުގެ ކަން ކަން ހިނގައިގޮތް ކޮންކަމެއްތޯކުރެވުނީ އެއްކަމެއްވެސްނުކުރެވޭ މަކަރުހަދާއޮޅުވާލާމީހުންނަށްއެފުރަސަތު މިރާއްޖޭގައި ފުޅާކޮންއޮތްކަންއެވޭ.މާތްﷲ ގެ ވާގިފުޅާއެކު މިކަންކަމަށްއިންސާފުލިބޭނެދުވަހަށްކަށްއެދެން.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި