ކުއްލި ޚަބަރު

ރައީސް މުޢިއްޒާއި ފީފާގެ ރައީސް މާދަމާ ހަވީރު ފުޓްބޯޅަ މެޗެއް ކުޅެނީ

ފަސް މިލިއަން ގަސް ޕްރޮގްރާމް: 16 މަސް ތެރޭ ސްޓެލްކޯ އިން 70،000އަށްވުރެ ގިނަ ގަސް އިންދައިފި

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ރީނދޫ ސަމާލު

ޓްރޭޑްމާކް ބިލާއި އިންޓެލެކްޗުއަލް އޮފީހުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ޓްރޭޑްމާކު ބިލާއި އިންޓެލެކްޗުއަލް އޮފީހުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ޓްރޭޑްމާކު ބިލަކީ ފޭކް މުދަލެއް ވިއްކައިފިނަމަ ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެކެވެ.

އަދި އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އާ އީޖާދުތަކަށް ހިތްވަރުދިނުމަށް މަސައްކަތްކުރާނެ އޮފީހެއް ގާއިމުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެކެވެ.

އެ ދެބިލް މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް އިގުތިސޯދީ ކޮމެޓީއަށް ފޮނުވީ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑަިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އިގްތިސޯދީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި، މި ބިލްތަކުގެ މަސައްކަތް އަންނަ އޮގަސްޓްމަހުގެ 10 އަށް ނިންމަން ވަނީ ފާސްކޮށްފައެވެ.

އަދި ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެހެންކަމުން މަޖިލީހުގެ އިދާރާއިން ބުނީ މި ދެބިލަށް ހިޔާލު ފޮނުވަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ 11:00 ގެކުރިން އިގްތިސޯދީ ކޮމިޓީއަށް މެއިލް ކުރުން، ނުވަތަ މަޖިލިސް އިދާރާއަށް ލިޔުމުން ހިޔާލު ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސްކަމެއްގައި މަޖިލީހުގެ ކުޑަވެސް ފަސްޖެހުމެއް ނޯންނާނެ: އަބްދުއްރަހީމް

majilis

އޮޑިޓަރ ޖެނެރަލް އޮފީހަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134.2 މިލިޔަން ރުފިޔާ

majlis

މީޑިޔާ ރެގިއުލޭޓަރީ ކޮމިޝަނަށް މަޖިލީހުން ހޮވާ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

majilis

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފި

TTH_advertisement