ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމީ ކުތުބުޚާނާތަކަށް ބޭނުންވާ ފޮތް ހޯދުމާއި، ފޮތް ހަދިޔާކުރުމަށް ހުޅުވާލައިފި

ރާއްޖޭގެ އިސްލާމީ ކުތުބުޚާނާތަކަށް ބޭނުންވާ ފޮތް ހޯދުމާއި، ފޮތް ހަދިޔާކުރުމަށް ހުޅުވާލައިފިއެވެ. މީގެތެރޭގައި ސަލްމާން މިސްކިތުގައި ހުޅުވި ލައިބްރަރީ އަދި އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައި ހަދާ ލައިބްރަރީތައް ހިމެނެއެވެ.

އެގޮތުން ކިންގް ސަލްމާން މިސްކިތުގައި ޤާއިމުކޮށްފަވާ އިސްލާމީ ކުތުބުޚާނާއަށް ބޭނުންވާ އިސްލާމިކް ފައިނޭންސްގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ފޮތްތައް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.

ފޮތް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 31ވަނަ ދުވަހުގެ 14:00 ގެ ކުރިން، ހަދިޔާ ކުރާ ފޮތުގެ މަޢުލޫމާތު ލައިބްރަރީއަށް މެއިލްކުރުމަށް ވަނީ އެދިފައެވެ. މެއިލްކުރާނީ [email protected] އަށެވެ.
ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު ވުޒާރާގެ ފަރާތުން ހަމަޖައްސާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ