ކުއްލި ޚަބަރު

މާލޭ މަގުމަތީގައި ކަނޑިއާއި ވަޅި ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކުރަން ފެށޭނެ: މިނިސްޓަރު މުއްތަލިބު

މާމިގިލީ ކައިރިއަށް ފީނަން ފޭބި ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

ބޭހުގެ މައްސަލައަށް ހައްލު ހޯދުމަށް ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ރަޖިސްޓްރީއެއް އެކުލަވާލަނީ

ބޭހުގެ މައްސަލައަށް ހައްލު ހޯދުމަށް، ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ރަޖިސްޓްރީއެއް އެކުލަވައިލުމުގެ މަސައްކަތްކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އާންމުންނަށް މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތާއެކު ސިލްސިލާކޮށް ބާއްވަމުން އަންނަ “އަހާ” ފޯރަމްގައި މީހަކު ރޭ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ދާއިމީ ބަލިތަކަށް ބޭނުންވާ ބައެއް ބޭހަކީ ޑޮކްޓަރެއްގެ ބޭސް ސިޓީއެއް ނެތި އާންމުކޮށް ލިބެން ނުހުންނަ ބޭސްތައް ކަމަށެވެ.

“މިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ދުރުރާސްތާ ސިޔާސަތެއްގެ ގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން މިހާރު ކުރަން ފަށައިގެން މި އުޅޭ ކަމަކީ، ކޮންމެ ރަށެއްގައި ވެސް ތިބި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ރަޖިސްޓްރީއެއް ބެލެހެއްޓި، ހެލްތު ފެސިލިޓީއަކުން މި ބޭސް ލިބޭނެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެށުން. އެއީ އަޅުގަނޑުމެން މިހާރު ރާވައިގެން ކުރިއަށްގެންދާ ކަމެއް،” މިނިސްޓަރު އަބްދުﷲ ނާޒިމް

މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގައި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ބޭހުގެ މައްސަލަ ހައްލުކުރުމަށްޓަކައި އޮތް ހައްލަކީ އެ ރަޖިސްޓްރީ އެކުލަވައިލުން ކަމަށާއި ދާއިމީ ބަލިތަކަށް ދޭ ބޭސްތަކަކީ ވަކި މުއްދަތަކަށް ދޭ ބޭސްތަކެއްކަމުން، އަލުން ޑޮކްޓަރަށް ދައްކަން ޖެހި، އާ ބޭސްތައް ހޯދަން ޖެހުމުން އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

“ބޭނުމަކީ ޕޭޝަންޓް ޑޮކްޓަރަށް ދިއުމަށް ލާޒިމުކުރުން. އެހެންވީމާ އެ ރަޖިސްޓްރީ ބަލަހައްޓައި، އެ ރަޖިސްޓްރީގެ ތެރެއިން ހެލްތު ފެސިލިޓީގެ ތެރެއިން މި ބޭސް ފޯރުކޮށްދެވޭނެ ނިޒާމު އަޅުގަނޑުމެންނަށް ގެނެވިގެން މެނުވީ މި މައްސަލައަށް މުޅިން ހައްލެއް ގެނެވޭނެ ކަމަށް އަޅުގަނޑު ނުދެކެން. އެހެންވީމާ އެ މިސްރާބަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަން ކުރަމުން މިދަނީ،” މިނިސްޓަރު އަބްދުﷲ ނާޒިމް

ނާޒިމް އިތުރަށް ވިދާޅުވީ އެކަން އެގޮތަށް ކުރުމަށްޓަކައި އެންމެ ފުރަތަމަ މަރުހަލާގައި މިހާރު ކުރާ ކަމަކީ، މާލެ ސިޓީގެ ހޮސްޕިޓަލުތަކާއި ރީޖަނަލް ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރުމަށްފަހު އޭނާގެ ބޭސް ދޭ ފަރާތަކީ އެ ހެލްތު ފެސިލިޓީއަށް ހެދުން ކަމަށެވެ. ކުރީން އޮންނަ ގޮތުން، އެޑްމިޓްކުރާ މީހާއަށް ބޭސް، އެ ބޭސްތައް ލިބޭނެ ތަނަކުން ބޭސް ހޯދުމަކީ އެމީހެއްގެ އާއިލާ ނުވަތަ ބެލެނިވެރިޔާގެ ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބްރޯޑްކޮމްއިން ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ވޯކްޝޮޕެއް އިސްރަށްވެހިންނަށް ކުރިއަށް ގެންގޮސްފި

އެމްއެމްޕީއާރުސީއަށް ފުރަތަމަ ފަހަރަށް 27 މިލިޔަން ރުފިޔާގެ ފައިދާއެއް

އައު ޓަރމިނަލަކީ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ތަނެއް: ރައީސް

TTH_advertisement ELL Mobile Advertisement