ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ޔޫކްރެއިން ހަނގުރާމަ ކޮޅެއްގައިޖައްސަން ރަޝިޔާއަށް އިތުރު އަސްކަރީ އެހީ ފޯރުކޮށްދިނުމަށް ކިމް ވައުދުވެއްޖެ

ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ކޮޅެއްގައި ޖެއްސުމަށް ރަޝިޔާއިން ކުރާ ކޮންމެ ކަމެއްގައި އެއްވެސް ޝަރުތެއްނެތި ރަޝިޔާއަށް ތާއީދުކުރުންމަތީ ދެމި އޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަނެއްކާވެސް ދެއްވައިފިއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން މި ޔަގީންކަން ދެއްވީ، އުތުރު ކޮރެއާއަށް މިހާރު ވަޑައިގެން އުޅުއްވާ ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރްގެއި ލަވްރޯފްއާ އެކު ބޭއްވި މަތީފެންވަރުގެ މުހިންމު ވާހަކަތަކުގެ ތެރޭގައެވެ.

ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އުތުރު ކޮރެއާއިންވަނީ ސިފައިންނާއި ހަތިޔާރުގެ އެހީތެރިކަން ރަޝިޔާއަށް ފޯރުކޮށްދީފައެވެ.

އަދި އިތުރު އެހީ ރަޝިޔާއަށް ފޯރުކޮށްދިނުމަށްވެސް ވައުދުވެފައި ވެއެވެ.

ރަޝިޔާއިން މިހާރުވަނީ، ޔޫކްރެއިނަށް ދެމުން އައި ހަމަލާތައް އިތުރަށް ވަރުގަދަކޮށް ފުޅާކޮށްފައެވެ. އަދި ޔޫކްރެއިންގައި ތިބި ރަޝިޔާ ސިފައިންގެ ފައުޖުތައްވެސް މިހާރު ދަނީ އިތުރަށް ކުރިއަށް ޖެހެމުންނެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، ރަޝިޔާގެ ފޮރިން މިނިސްޓަރު ލަވްރޯފަށް ދެންނެވީ، އުތުރު ކޮރެއާ އާއި، ރަޝިޔާ އާއި އަދި އެދެގައުމާ އެކުވެރި އެހެން ގައުމުތައް ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ސުލްހައާއި އަމާންކަން ކަށަވަރުކުރުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރްގެއި ލަވްރޯފްވަނީ، ރަޝިޔާއާއި އުތުރު ކޮރެއާގެ ގާތް އެކުވެރި ގުޅުމަށް ތައުރީފް ކުރައްވާފައެވެ. އަދި ރަޝިޔާއަށް ސިފައިން ފޮނުއްވައި ދެއްވީތީ، ލަވްރޯފްވަނީ އުތުރު ކޮރެއާގެ ލީޑަރަށް ޚާއްސަ ޝުކުރު އަދާކުރައްވާފައެވެ.

ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެހީތެރިވުމަށް އުތުރު ކޮރެއާއިން 10،000 ސިފައިންގެ ފައުޖެއް ފޮނުވާފައެވެ. އަދި އެތައް ހަތިޔާރެއްވެސް ފޮނުވިއެވެ.

މިކަމުގެ ސަބަބުން، ވޭތުވެދިޔަ ދެއަހަރެއްހާ ދުވަސް ވެގެންގޮސްފައިވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދިޔައެވެ.

ކިމް ޖޮންގް އުންވަނީ، ރަޝިޔާއިން ކާރސްކް ސަރަހައްދު އަލުން މަރާމާތު ކުރުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް 6،000 އިންޖިނިއަރުންނާއި، ބިލްޑަރުން ފޮނުވައި ދިނުމަށްވެސް ވައުދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުއްލި: ރަޝިޔާގެ ދިދަޖެހި ތެޔޮ ޓޭންކަރަށް އެމެރިކާ ސިފައިން އަރައި ޓޭންކަރު ހިފައިފި

ނޮވްގޮރޮޑްގައި ހުންނަ ޕޫޓިންގެ ރަސްމީ ގެކޮޅަށް ދިން ހަމަލާގެ ބަދަލު ވަރުގަދައަށް ހިފާނަން: ރަޝިޔާ

ޣައްޒާ ޕްލޭން ފާސްކުރި ވޯޓުގައި ބައިވެރި ނުވި ސަބަބު ރަޝިޔާއިން ހާމަކޮށްފި

ރަޝިޔާއަށް ބާރުގަދަ ބިންހެލުމެއް، ސީދާ ނުރައްކާ ރާއްޖެއަކަށް ނެތް

TTH_advertisement