ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ތައްޔާރުކުރުމަށް ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކޮށްފި

ދިވެހިރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ ހަރަކާތްތަކަށް ތައްޔާރުކުރުމަށް ޖުމްހޫރީ މައިދާން ސަރަޙައްދު ބަންދުކޮށްފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނެރުއްވި އިޢުލާނެއްގައިވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ ގޮތުން، އެ ސަރަޙައްދު މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް ޖުމްހޫރީ މައިދާން ޢާންމުންނަށް ބަންދުވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޖުލައި 26 ވާ މިނިވަން ދުވަހުގެ ހަވީރު މިނިވަން ދުވަހުގެ މައިދާނީ ޙަރަކާތް، ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ. މި ހަރަކާތުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހެވިކަމުގެ އެކި ހަރަކާތްތަކާއި ސްކޫލްތަކުން ހުށައަޅައިދޭ އެކިއެކި ހުށައެޅުންތައް ފެންނާނެއެވެ.

ޖުމްހޫރީ މައިދާނުގެ އިތުރުންވެސް މާލެއާއި ހުޅުމާލޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން މިނިވަން ދުވަހުގެ ޚާއްސަ ފުޅަނދުބުރާއި ހެވިކަމުގެ ކުޅިވަރުތަކާއި ޕެރޭޑާއި ރޫޓުމާޗާއި ހަވާއެރުވުން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަހަކީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް މިނިވަންކަން ލިބި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gw4wfrwagaaf9rg

މޫސުން ގޯސްވެ، މިނިވަން ދުވަހުގެ މިރޭގެ ހަރަކާތްތައް ކެންސަލް 

އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއަރޕޯޓް: ރައީސް

ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމު: ރައީސް

sifain

ރައީސްގެ ޚާއްސަ މެޑަލް ސިފައިންނާއި ފުލުހުންގެ 6 އޮފިސަރަކަށް