ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމު: ރައީސް

TTH_Ads
STO_Ads
Advertisement

ކޮންމެ މީހެއްގެ ކޮންމެ ކަމަކަށް ވުރެ ދިވެހި ޤައުމު އިސްކުރެއްވުމަށް ދިވެހިރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް މިރޭ ބޭއްވި ތާރީޚީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހި ރައްޔިތުންނަށް ވަރަށް މުހިންމު މެސެޖެއް ދެއްވާ އެމަނިކުފާނު ވިދާޅުވީ މި ޚާއްސަ ރަސްމިއްޔާތުގައި އެމަނިކުފާނު ކުރައްވަން އޮތީ ވަރަށް ޚާއްސަ އިލްތިމާސެއް ކަމަށެވެ.

އެއީ އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޢަޒުމް ކަނޑައެޅުން ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ އެއް ބައެއް ކަމަށާ އެއް މާޒީއަކާއި އެއް ތާރީޚަކާއި އެއް ދީނަކާއި އެއް ޝަގާފަތެއް ހިއްސާ ކުރާ ބައެއް ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

“މިއީ ދިވެހީން. ފަޚުރުވެރި މާޒީއެއް އޮތް ފަޚުރުވެރި ދިވެހިން. އެހެންވީމަ އަޅުގަނޑުމެންގެ ހުރިހާ ކަމަކަށް ވުރެ އިސްވާންވީ ދިވެހި ޤައުމު,”

އެހެން ކަމުން ދިވެހީންނަކީ ޤައުމީ ކޮންމެ ކަމެއްގައި އެއް ލަވައެއް ކިޔާ އެއްވާނެއް ގައި ކުރިއަށްދާ ބަޔަކަށް ވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ. އެ ގޮތަށް މަސައްކަތް ކޮށްފިނަމަ ވަށާޖެހޭ ތަރައްޤީ ދާދި ފަސޭހައިން ހާސިލުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“މިއަދު އަޅުގަނޑުމެން އެންމެން އަޒުމު ކަނޑައަޅަންވީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮންމެ ކަމަކަށްވުރެ އިސްކުރަންވީ ދިވެހި ޤައުމުކަން. އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށް ދިއުމުގައި ޢަޒުމް ކަނޑައަޅަންވީ,” ރައީސް

ރައީސް ވިދާޅުވީ އިޤްތިސާދު ފުޅާކޮށް ވަރުގަދަކުރުމަށް އާ ޓާމިނަލް ވާނީ ވަރަށް މުހިންމު މަސައްކަތަކަށް ކަމަށެވެ. އެ މަަސައްކަތުގެ ބޮޑު ބައެއް ދޮޅު އަހަރެއްހާ ދުވަހުގެ މަސައްކަތުން ނިންމާލެވުނީ ގުޅިގެން އެންމެން ކުރި ބުރަ މަސައްކަތުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާ ކުރައްވާފަ އެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ތ ތުއްތުބެ
ތީ ދޮގެއް، ހުރިހާ ކަމަކަށްވުރެ އިސްކުރަން ޖެހޭނީ، އެއަށް އަމަލު ކުރުމާއެކު ޝަހާދަތުގެ ދެކަލިމަ

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް