ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކެނޯއެއްގައި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެ

Hs
ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ —

ރ. އަތޮޅުގެ ރިސޯޓަކުން ކެނޯއެއްގައި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެއެވެ.

ފުލުހުން މިރޭ ބުނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނުކުތް، އެ ރިސޯޓުގެ މުވައްޒަފަކު ގެއްލިފައިވާ މައްސަލައެއް މިރޭ 8:43 ހާއިރު ހުށަހަޅާފައިވާ ކަމަށާއި އެއީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މީހާ ރ. ދުވާފަރަށް ގޮސްފައިވާކަމުގެ މައުލޫމާތު މިރޭ 10:30 ހާއިރު ލިބިފައިވާ ކަމަށާއި އެ މީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ ހޯދުމަށް ފުލުހުންނާއި ކައިރި ރިސޯޓުތަކުން ވެސް ވަނީ މަސައްކަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ލޯންޗު އެކްސިޑެންޓްގައި އަތްބުރިވި މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް

Mussss

ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި، ގެއްލުނު ދެ މީހަކު ހޯދަނީ

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

66

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި