ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާތީ މައްސަލަ ހައްލުކުރަނީ 

islamic-markazu
އިސްލާމީ މަރުކަޒު ފުރާޅުން ފެން ލީކުވާތީ ބާލިދީ ބަހައްޓާފައި —

އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާތީ، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޓިނު ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު އެ މަސައްކަތްކޮށްފައިވަނީ އެމްޓީސީސީންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މީޑިއާތަކަށް މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒުގައި ޖަހާފައިވަނީ އެސްޓީއޯ އިން ވިއްކާ ޓިނު ކަމަށާއި މިރޭ މަރުކަޒަށް ވާރޭ ވެހުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ.

މައްސަލަ ހައްލުކުރަން ކަމާގުޅޭ ޓީމުތައް މަސައްކަތްކުރަމުންދާ ކަމަށާއި އޭގެ ކުރިން ހުރި ޓިނު ބަދަލުކުރީ ވެސް އެތެރެއަށް ވާރޭ ވެހޭތީވެ، 40 އަހަރު ވެފައިވާ ގައުމީ ބިނާއަށް ދިމާވެފައިވާ އެ މައްސަލަ ހައްލުކުރަން މިނިސްޓްރީން އެންމެ މަތީ ދަރަޖައިގައި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ސައުދީން ހަދިޔާކުރި މުސްޙަފްތައް އަލަށް ހުޅުވި މިސްކިތްތަކަށް ހަދިޔާކޮށްފި

767

ފްލައިޓެއް ޗާޓަރުކޮށް، ނުފުރިތިބި 164 މީހުން ޢުމްރާއަށް މިރޭ ފުރުވާލަނީ

767

ޒިކުރާ މިސްކިތުގެ ބިންގާ އެޅުން ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އޮންނާނެ: ޝަހީމް

dr shaheem

އަމާޒަކީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަށް ރާއްޖެ ހެދުން: ޝަހީމް