ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑިންގީއެއްގައި ގދ. ގަމުން ދަތުރުކުރަމުންދިޔަ މީހަކު ގެއްލިގެން ހޯދަނީ 

Large 1469550305377m2h
ފުލުހުންގެ ލޯންޗެއް —

ޑިންގީއެއްގައި ގދ. ގަމުން ދަތުރުކުރަމުންދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ މިއަދު ހެނދުނު 9:30 ހާއިރު ގދ. ގައްދޫން އެ އަތޮޅު ގަމަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ފިރިހެނެއްގެ ހަބަރުވެފައި ނުވާ މައްސަލައެއް މިއަދު ހަވީރު 5:05 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން މިއަދު ހެނދުނު 11:15 ހާއިރު އެ މީހާ ގަމުން ފުރާފައިވާ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މީހާ އެންމެ ފަހުން ފެނުނު އިރު، ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެމްއެންޑީއެފް ސައުތު ރީޖަން ކޯސްޓް ގާޑުން ބޭރު ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގަމާއި އެ ރަށް ކައިރި ފަޅު ރަށްތައް ބެލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ލޯންޗު އެކްސިޑެންޓްގައި އަތްބުރިވި މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް

Mussss

ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި، ގެއްލުނު ދެ މީހަކު ހޯދަނީ

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

66

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި