ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަތްކަނޑުގައި ހޫތީންގެ ހަމަލާ އަމާޒުވި ދެވަނަ ބޯޓުވެސް އަޑިޔަށް ހިނގައްޖެ، އަންގަނީ އިސްރާއީލަށްދާ ކޮންމެ ބޯޓެއްގެ ނިމުމަކީ މިއީ ކަމަށް

މިދިޔަ އާދީއްތަ ދުވަހު ހޫތީން ހަމަލާދިން “މެޖިކް ސީސް” ނަމަކަށްކިޔާ ކޮންޓެއިނަރ އުފުލާ ބޯޓު އަޑިޔަށްދަނީ
TTH_Ads
STO_Ads
Advertisement

ރެޑްސީ ހުރަސްކޮށް މުދާ ހިފައިގެން އިސްރާއީލަށް ދަތުރު ކުރަނިކޮށް ޔަމަނުގެ ހޫތީން އިހަށްދުވަހު ހަމަލާދިން އިނގިރޭސި މުދާ އުފުލާ ބޯޓުވެސް އަދިޔަށް ހިނގައްޖެއެވެ.

އެ ބޯޓަށް ހޯމަދުވަހާއި އަދި އަންގާރަ ދުވަހުވެސް ހޫތީ ކަނޑުގެ ލަޝްކަރުން ހަމަލާދިނެވެ.

ހޫތީން ހަމަލާ ދިނުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބި، ކަނޑުމަތީގައި ދެދުވަސް ވަންދެން އޮތުމަށްފަހު އަޑިޔަށް ގޮސްފައިވަނީ “އިޓާރނިޓީ ސީ” ނަމަކަށްކިޔާ ބޯޓެވެ.

HajjCop_ads
Advertisement

ހޫތީންގެ އިންޒާރުތަކަށް ބެލުމެއްނެތި އެ ބޯޓު ދަތުރު ކުރަމުންދިޔައީ އިސްރާއީލުގެ އީލާތަށެވެ. އެ ބޯޓަށް ހޫތީން ހަމަލާދިނީ އެމީހުން ތަކުރާރުކޮށް ދެމުންގެންދިޔަ އިންޒާރުތަކަށް ކިޔަމަން ނުވުމުންނެވެ.

ޚަބަރު ލިބޭގޮތުގައި، ބޯޓަށް ހަމަލާ ދިނުމުގެކުރިން ހޫތީންވަނީ، ބޯޓުގައި ތިބި 25 ކްރޫ މެމްބަރުން ބޯޓު ދޫކޮށް ދިއުމަށް ފުރުސަތު ދީފައެވެ. ނަމަވެސް، އެމީހުންވަނީ ބޯޓު ދޫކޮށް ފޭބުމަށް އިންކާރު ކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަޑިޔަށް ދިޔަ ބޯޓުގެ ކްރޫއިންގެ ތެރެއިން 6 މީހަކު ކަނޑުމަތިން ވަނީ ސަލާމަތް ކޮށްފައެވެ. ދެން ތިބި މީހުންނަށް ވީގޮތެއް ނޭނގޭ ކަމަށް ބުނެއެވެ. ބައެއް ރިޕޯޓްތައް ބުނަނީ ހޫތީން އެމީހުން ހައްޔަރުކުރީ ކަމަށެވެ.

މިއީ، ރަތްކަނޑުގައި ހޫތީން ހަމަލާދީ، މި ހަފްތާގައި ފައްތާލި 2 ވަނަ ބޯޓެވެ.

މިދިޔަ އާދީއްތަ ދުވަހު ހޫތީން ހަމަލާދީ އަދި އޭގެ ދެދުވަސްފަހުން ފައްތާލީ “މެޖިކް ސީސް” ނަމަކަށްކިޔާ ބޯޓެވެ. އެއީވެސް އިސްރާއީލަށް މުދާ ހިފައިގެންދިޔަ ބޯޓެކެވެ.

ޒަޔަނިސްޓު އިސްރާއީލުން ފުރައިގެންދާ އަދި އިސްރާއީލަށް މުދާ ހިފައިގެންދާ ހުރިހާ ބޯޓުތަކަށް ހޫތީން ރަތްކަނޑު ބަންދުކުރީ، ޣައްޒާގައި ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކާ ގުޅިގެންނެވެ.

މި ހަފްތާގައި ދެ ބޯޓަކަށް ހަމަލާދީ ފައްތާލުމަށްފަހު ހޫތީންގެ އަސްކަރިއްޔާ އަންސާރުﷲ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޒަޔަނިސްޓު ވަގުތީ ދައުލަތުން ޣައްޒާގައި ހިންގާ ނަސްލު ނެތިކޮށްލުމުގެ ޖަރީމާތަކަށް  އެހީވުމަށް އަންނަ ކޮންމެ ބޯޓެއް ފައްތާލާނޭ ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި