ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިސްކިތުގައި ނެށި ކުދިންނަށް ނަސޭހަތްތެރި ވަނީ

121

ފުވައްމުލަކު ސިޓީގެ މިސްކިތް މަގުގައި ހުންނަ މަސްޖިދުލް ހުދާ (ލިލީ މިސްކިތް) ގައި ކުޑަކުދިންތަކެއް ނެށި މައްސަލާގައި އެކަމުގައި ޝާމިލުވި ކުދިންނަށް ނަސޭހަތްތެރިވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދެބުރިއަށް ހުންނަ އެ މިސްކިތުގައި ނަށާފައިވަނީ ހުކުރަށް ދިޔަ ކުދިންތަކެއް ދެވަނަ ފަންގިފިލައަށް އަރާތިބެއެވެ. އެ ކުދިން ނަށާފައިވަނީ ޓިކްޓޮކްގައި ވައިރަލް ވެފައިވާ އިންޑޮނީޝިއާގެ “ޕަކު ޖަލޫރު” ނަމަކަށް ކިޔާ ބޯޓު ރޭހެއްގައި ކުޑަކުއްޖަކު ނަށާ ނެށުމެކެވެ.

މިސްކިތުގައި ނަށާ ވީޑިއޯ އާންމުވުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކަކީ ﷲ އަށް އަޅުކަން ކުރުމަށާއި އެކަލާނގެއަށް ޒިކުރު ކުރުމަށް ބިންމަތީގައި ލެއްވިގެންވާ މާތް ބިނާތަކަށް ވާއިރު އެތަންތަނުގައި ނަށައި، އެތަންތަނާ ނުގުޅޭ ކަންކަން ކުރުމަކީ ހެޔޮވެގެންވާނެ ކަންކަން ނޫން ކަމަށެވެ.

އެހެންކަމުން އެ ކުދިންނަށް މިނިސްޓްރީން ނަސޭހަތްތެރިވާނެކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ރ. މީދޫގައި ހުންނަ އާސާރީ މިސްކިތެއްގައި އަންހެނަކު ބަނޑިޔާ ހިފައިގެން ނެށި މައްސަލައެއްވެސް މިދިޔަ އަހަރު ފެންމަތިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ޒިކުރާ މިސްކިތުގެ ބިންގާ އެޅުން ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އޮންނާނެ: ޝަހީމް

dr shaheem

އަމާޒަކީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަށް ރާއްޖެ ހެދުން: ޝަހީމް

Shaheem

ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭ ހެޔޮ ބަދަލެއް: ޑރ. ޝަހީމް

WhatsApp Image 2026 02 05 at 19.32.06

ރައީސް އިއުލާން ކުރެއްވި ހުޅުމާލޭގައި އިމާރާތްކުރާ ބޮޑު މިސްކިތުގެ ކުރެހުން އާންމުކޮށްފި