ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރަށްވެހިންގެ ނާދީގައި ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

ދިވެހިން މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމުގެ ދަންފަޅިއެއް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފިއެވެ.

މި ދަންފަޅި ނަންގަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡް އައްޝައިޚް ޢާޒިމް ޚާލިދުއެވެ. މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ ‘އިސްލާމީ ޝަރީޢަތުގައި ޚާއްސަ ސިފަތައް – ރައްބާނިއްޔަތު’ މި މަޢުޟޫއުއަށެވެ.

އިސްރަށްވެހިންގެ ނާދީއާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ގުޅިގެން އިސްރަށްވެހިންނަށް ދީނީ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ