ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔުއަރ މައިންޑް މެޓާސް: ގެ ނަމުގައި ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންނަށް ސެޝަންތަކެއް ކުރިއަށް ގެންގޮސްފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

“ޔުއަރ މައިންޑް މެޓާސް” ގެ ނަމުގައި ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޖުލައި މަހުގެ 6 އިން 7 އަށް މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުންނެވެ.

މި ސެޝަން ތަކުގައި ނަފުސާނީ ދުޅަހެޔޮކަމަކީ ކޮބާކަމާއި، ނަފުސާނީ ގޮތުން ދުޅަހެޔޮ މީހަކަށްވުމަށް ކުރެވިދާނެ ކަންތައްތަކާއި، ނަފުސާނީ އާންމު ބަލިތަކާއި، އެ ބަލިތައް ދެނެގަންނާނެ ގޮތްތަކާއި، އެކަމަށް ފަރުވާ ހޯދިދާނެ ގޮތްތަކުގެ އިތުރުން ދިމާވާ އެކި ކަންކަމާ ކުރިމަތިލައި އެ ކަންކަން ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، އަމިއްލަ ދިރިއުޅުމާއި ވަޒީފާގެ މާހައުލުގައި ދިމާވާ ކައްތައްތައް ހައްލުކޮށް ބެލެންސްކުރާނެ ގޮތްތަކާއި، އަމިއްލަ ނަފުސަށް އަޅައިލުމަށް ކުރެވިދާނެ ކަންތައްތަކާ އަދި އެކަމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.

މި ސެޝަންތައް ނިމުމުން ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވެއެވެ. ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓް ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނަޢީމެވެ.

HajjCop_ads
Advertisement

މި ސެޝަންތަކުގައި ސިވިލް ސާވިސް ކޮމިޝަންގެ 84 މުވައްޒަފުން ބައިވެރިވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި