ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލިޔުންތެރީން ވާންޖެހޭނީ ދީނާއި ޤައުމާއި ވަޠަނުގެ ދިފާޢުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް: ރައީސް

STO_Ads
TTH_Ads
Maldivian_Ads
Advertisement

ލިޔުންތެރީން ވާންޖެހޭނީ، އަމިއްލަ ދީނާއި އަމިއްލަ ޤައުމާއި އަމިއްލަ ވަޠަނުގެ ދިފާޢުގައި އަދި އަމިއްލަ ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ ޢަޒުމުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ، ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ލިޔުންތެރީންގެ ދައުރެއް ނެތް ދާއިރާއެއް ޤައުމެއްގައި ނިސްބަތުން ނޯންނަކަން ފާހަގަކުރައްވަމުން އެމަނިކުފާނުގެ ޚިޠާބުގައި ވަނީ، ފަރުދީ، މަދަނީ އަދި ބައިނަލްއަޤުވާމީ ގުޅުންތަކުގެ އިތުރުން ދީނީ، ތަޢުލީމީ، ވިޔަފާރި އަދި ސިޔާސީ ދާއިރާގައިވެސް ލިޔުންތެރީން އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ހުރިހާ ދާއިރާއެއްގައި ލިޔުންތެރީންގެ ދައުރު އޮންނަ ހިނދު، ޤައުމީ ޚިދުމަތުގައި ލިޔުންތެރީން އަދާކުރަން ޖެހޭ ޒިންމާ އާއި ލިޔުންތެރިކަމުގެ ހައްސާސް ޒާތުގެ މަތީން އެމަނިކުފާނު ވަނީ ހަނދުމަކޮށްދެއްވާފައެވެ. އެގޮތުން ލިޔުންތެރީންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާކުރެވޭކަމަށާއި، ހަމަ އެހެންމެ، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ގެއްލުން ލިބޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ވަނީ ދިވެހި ޤައުމު ބިނާކުރުމުގައި، ލިޔުންތެރީން އެކި ދާއިރާތަކުން މުހިންމު ޚިދުމަތްތައް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.

HajjCop_ads
Advertisement

އަދުގެ ލިޔުންތެރީންނަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވަނީ، ދިވެހީންގެ މަޞްލަޙަތާއި ކުރިއެރުމަށްޓަކައި ގަލަންތައް ހަރަކާތްތެރި ކުރުވުމަށާއި، އާ ޚިޔާލުތަކާއި އާ ތަޞައްވުރުތަކުން ދިވެހި ފަތްފުށްތައް މުއްސަނދިކުރުމަށެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ޤައުމީ ޒިންމާގެ އަގުވަޒަންކުރައްވައި، ލިޔުންތެރިންނަށް ތާރީފުގެ ބަސްތަކާއި ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މި އަހަރުގެ ޝިޢާރަކީ “ލިޔާށެވެ. މަގުދައްކާށެވެ.” މިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gqhakxkx0aahccr

ރާއްޖޭގެ 1،000 މީހުންގެ އާބާދީ ހަމަވާ ކޮންމެ ރަށެއްގައި ޕާސްޕޯޓުގެ ހިދުމަތް ދޭން ރައީސް ނިންމަވައިފި

“ސަރުކާރުގެ ޚިދުމާތު މަރުކަޒު” ގެ ނަމުގައި ރާއްޖޭގެ 18 އަތޮޅެއްގައި މަރުކަޒުތަކެއް ރައީސް އުފައްދަވައިފި

Nimaal

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުވިކުރުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

Big 94VwpB6DUWHjR3n4HjfMOy7i4

ޓުއާ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ޓީޖީއެސްޓީ ޤާނޫނަށް އަވަސް އިސްލާޙުތަކެއް ގެންނެވުމަށް ރައީސް ނިންމަވައިފި