ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ފަހިވެއްޖެ: ޝަހީމް

121

ރާއްޖޭގެ އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ރަނގަޅު ފުރުސަތެއް މޮރޮކޯ ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ހާމަކުރައްވައިފިއެވެ.

ޝަހީމް ކުރެއްވި ވިދާޅުވީ މިކަމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ފަހިވެގެންދިޔަ ކަމެއް ކަމަށެވެ.

މީގެ އިތުރުން، މި ސަރުކާރުން 5 އަހަރު ތެރޭ 500 ހާފިޒުން ބިނާކުރުމަށް އަމާޒު ހިފާފައިވާ ކަމަށާއި، މި މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ބޮޑުކުރައްވާފައިވާކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

“މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ އިމާމުންނަށް ލިބިފައިވާކަން މޮރޮކޯ ސަރުކާރުން ރަސްމީކޮށްވަނީ އަންގާފަ. ކިޔަވަން ތިބޭ މުއްދަތުގައި ޕޮކެޓްމަނީ ވެސް ލިބިގެންދާނެ. މިކަން މިގޮތައް ފަހި ވެގެން ދިޔައީ ރައީސުލްޖުމުހޫރިއްޔާ ޑރ މުއިއްޒު މޮރޮކޯ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން.” ޝަހީމް ވިދާޅުވިއެވެ.

މޮރޮކޯ ސަރުކާރުން ރަސްމީކޮށް އަންގާފައިވާ ގޮތުގައި، ރާއްޖޭގެ އިމާމުންނަށް އެ ގައުމުގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ވަނީ ލިބިފައެވެ. މި ފުރުސަތުގެ ދަށުން ކިޔަވަން ތިބޭ މުއްދަތުގައި ކިޔަވާ ކުދިންނަށް ޕޮކެޓްމަނީ ވެސް ލިބޭނެއެވެ. އިމާމުންނަށް އަރަބި ބަސް ކިޔަވައިދިނުމަށް މޮރޮކޯގައި ގާއިމުކޮށްފައިވާ ހާއްސަ އިންސްޓިޓިއުޓެއް ވަނީ ހަމަޖައްސާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އިމާމުން ކިޔަވަން ފޮނުވުމާ ގުޅޭ އެއްބަސްވުމުގައި މޮރޮކޯ ސަރުކާރާއެކު ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެ. މި އެއްބަސްވުން މިހާރުވަނީ މިނިސްޓްރީ އަށް ލިބިފަ.” ޝަހީމް ވިދާޅުވިއެވެ.

މި އިންސްޓިޓިއުޓަކީ އެ ގައުމުގެ ރަސްގެފާނުގެ ހާއްސަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ ތަނެކެވެ. މި ތަނުގައި ކިޔަވާ ފަރާތްތަކަށް އެކޮމޮޑޭޝަންގެ އިތުރުން ޕޮކެޓްމަނީ ވެސް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިމާމުން ކިޔަވަން ފޮނުވުމާ ގުޅޭ އެއްބަސްވުމުގައި މޮރޮކޯ ސަރުކާރާއެކު ވަރަށް އަވަހަށް ސޮއިކުރެވޭނެކަމަށާއި، މި އެއްބަސްވުން މިހާރު މިނިސްޓްރީއަށް ލިބިފައިވާކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރު ތެރޭގައި 500 އެއްހާ ޤުރުއާން ހާފިޒުން ބިނާކުރުން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ޒިކުރާ މިސްކިތުގެ ބިންގާ އެޅުން ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އޮންނާނެ: ޝަހީމް

dr shaheem

އަމާޒަކީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަށް ރާއްޖެ ހެދުން: ޝަހީމް

Shaheem

ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭ ހެޔޮ ބަދަލެއް: ޑރ. ޝަހީމް

WhatsApp Image 2026 02 05 at 19.32.06

ރައީސް އިއުލާން ކުރެއްވި ހުޅުމާލޭގައި އިމާރާތްކުރާ ބޮޑު މިސްކިތުގެ ކުރެހުން އާންމުކޮށްފި