ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާގެ ޓެކްސަސްގައި ފެންބޮޑުވެ، ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

އެމެރިކާގެ ޓެކްސަސް ސްޓޭޓަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވުމާ ގުޅިގެން އެ ޤައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ސެންޓްރަލް ޓެކްސަސްގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، އެ ސަރަހައްދުގެ ކޯރެއްވެސް ވަނީ ބަންޑުންވެފައެވެ. މިހާދިސާގައި 59 މީހުން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށް އެސަރަހައްދުގެ ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައެވެ. މީގެ ތެރޭގައި 21 ކުޑަކުދިން ހިމެނޭ ކަމަށްވެސްވެއެވެ.

މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޮނުއްވެވި މެސެޖުގައި ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އެގޮތުން، މި ދަނޑިވަޅުގައި ސަރުކާރާއި ދިވެހިންގެ ނަމުގައި ގެއްލުން ލިބުނު އާއިލާތަކަށް ތައުޒިޔާ ވިދާޅުވާ ކަމަށް އެމަނިކުފާނު ފޮނުއްވެވި މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ ޓެކްސަސްގައި މިހާރު ކުރިއަށްގެންދާ ރެސްކިއު އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ރައީސަށް ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވިއެވެ.

ފެންބޮޑުވުމުގެ ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ޓެކްސަސްގެ ކަރ ކައުންޓީއަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން، ޓްރަމްޕް އީރާނަށް 48 ގަޑިއިރުގެ މުހުލަތު ދީފި

އީރާނުން ޑިއެގޯ ގާސިއާއަށް ހަމަލާ ދީފި ކަމަށް ރިޕޯޓްތައް ފެތުރޭން ފަށައިފި

78

މަތީފަންތީގެ ހާއްސަ މަޝްވަރާއަކަށް އެމެރިކާގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގަންނަވަނީ