ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

55 ކައުންސިލް އިމާރާތް އަޅަން މެލޭޝިޔާގެ ކުންފުންޏާއެކު ވި އެއްބަސްވުން ބާތިލްކޮށްފި

121

55 ރަށެއްގެ ކައުންސިލް އިދާރާ އަލުން އިމާރާތްކުރުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ “ހެކްސްޓަރ ގްލޯބަލް” އާއެކު ސޮއިކުރި އެއްބަސްވުން ބާތިލުކޮށްފިއެވެ.

ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ އެކްސްގައި މިކަން ހާމަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ 55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން ކަމަށެވެ.

“މިއެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ”، މިނިސްޓަރު ވިދާޅުވިއެވެ.

އެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، އެހެން ދިވެހި ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދަޅުވިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ ހަވާލުކޮށްފައިވަނީ 38 މިލިއަން ޑޮލަރަށެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ.

ކައުންސިލް އާ އިމާރާތް އެޅުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި، ކައުންސިލްތަކުގެ ހާލަތަށް ބެލުމަށް ފަހު 102 ކައުންސިލްގެ އާ އިމާރާތް އެޅުމަށް ޝަރުތު ހަމަވާ ކަމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

009

ރޯދަ މަހު ފަތުރުވެރިންނަށް ކެއުން ބުއިމުގެ ހިދުމަތް ދިނުމުގައި އިސްލާމީ ރީތި އާދަތަކަށް އިހުތިރާމްކުރަން އެދިއްޖެ

778

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދުކުރާނެ އެންމެ ފަހު ދުވަހަކީ ބުދަ ދުވަސް

778

55 ކައުންސިލް އިދާރާގެ އިމާރާތް އަންނަ ޖުލައި މަހު ނިމޭނެ: މިނިސްޓްރީ

121

15 ރަށެއްގައި އާންމު ޚިދުމަތް ދޭ ޔުނިޓްތައް ގާއިމްކުރަން ނިންމައިފި