ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގއ. އަތޮޅު ހޮސްޕިޓަލް އަޅާ ބިން އެމްޓީސީސީއާ ހަވާލުކޮށްފި

121

ގއ. އަތޮޅު ހޮސްޕިޓަލް އަޅާ ބިން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ވިލިނގިލީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ މިނިސްޓަރު ނަޒްލީން ނަޖީބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވިލިނގިލީ ސައިޓް މެނޭޖަރު އަލީ މުބީނެވެ.

އެ ރަސްމިއްޔާތުގައި ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދާއި ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަލީ ޝަމީމް ވެސް ބައިވެރިވެވަޑައިގަތެވެ.

އެ ހޮސްޕިޓަލް އަޅަން އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ 185،571،402.42ރ. އަށެވެ.

މިހާރު ވިލިނގިލީގައި ހުރި ހޮސްޕިޓަލަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިމާރާތްކުރި ތަނެކެވެ. އެ ހޮސްޕިޓަލްގެ އިމާރާތުގައި އެކަށީގެންވާ ޖާގަ ނެތުމުން އާ ޚިދުމަތްތައް ތައާރަފްކުރަން ވެސް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

އާ ހޮސްޕިޓަލް އިމާރާތްކުރަނީ ޖާގައިގެ ގޮތުން ތަނަވަސް ބޮޑު ބިމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަގޫދޫ އެއާޕޯޓްގެ ޓާމިނަލްގެ އެތެރޭގެ މަސައްކަތްތައް ފަށައިފި

އޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ މަސައްކަތް ފަށައިފި