ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓީޗަރުންނަށް ދިމާވާ ދަތިތައް ހައްލުކުރަން މިނިސްޓަރު އިސްވެ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

121

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު، މާލޭގެ ތިން ސްކޫލެއްގެ މުދައްރިސުންނާއެކު ބައްދަލުކުރައްވައި، މުދައްރިސުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި ޕޯސްޓެއްގައިވާ ގޮތުން، މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލް އަދި ސީއެޗްއެސްއީގެ މުދައްރިސުންނެވެ. މި ބައްދަލުވުމުގައި މިނިސްޓްރީން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާ ބެހޭ މައުލޫމާތު މުދައްރިސުންނާ ހިއްސާކޮށްފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ މުދައްރިސުންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެ ކަންކަން ޕޮލިސީ ފެންވަރުގައި ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ފާހަގަކުރާ ގޮތުގައި މި ބައްދަލުވުމުގައި މުދައްރިސުންގެ ފަރާތުން ވަރަށް މުހިންމު ޚިޔާލުތަކާއި ހުށަހެޅުންތައް ލިބިފައިވެއެވެ. އަދި މި ހުށަހެޅުންތަކަށް ރިއާޔަތްކޮށް، ކުރިއަށް އޮތް ތަނުގައި މުދައްރިސުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މިނިސްޓްރީން މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

މާލޭގެ ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

117

އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލްގައި 100އަށްވުރެ ގިނަ ގަސް އިންދައިފި

school

މިއަހަރުގެ ކިޔެވުން ނިމި ރިޕޯޓް ފޯމް ދޭނީ އަންނަ ބުރާސްފަތި ދުވަހު

Mm

ދިރާސީ އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި