ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ދިވެހި ކަނޑުމަސް ޗައިނާއަށް ގެންގޮސް ކުންފުންޏަކުން ދަޅުމަސް އުފައްދައިފި

ޗައިނާއަށް އެކްސްޕޯޓުކުރާ ދިވެހި ކަނޑުމަހުން އެގައުމުގެ ކުންފުންޏަކުން ދަޅުމަސް އުފައްދައިފިއެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ވޭހައި ކިއުޒެޑް ބްލޫސީ ފުޑްސް ކޮމްޕެނީ ލިމިޓެޑުން ދިވެހި ކަނޑުމަސް ބޭނުންކޮށްގެން އުފެއްދި މަސްދަޅުގެ ފުރަތަމަ ސާމްޕަލް ބެޗް ވަނީ ދައްކާލާފައެވެ. މި މަސައްކަތަކީ ޗައިނާގެ “ޖިންގްވެއިޑާއޯ” ބްރޭންޑް ޓީމާ ގުޅިގެން ކުރެވުނު މަސައްކަތެއްކަން އެކުންފުނިން ފާހަގަކޮށްފައިވެއެވެ.

ޗައިނާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނިން އުފެއްދި ދަޅު މަސް ވަނީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޒީލް ނަޖީބަށް އަރުވާފައެވެ.

މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިއީ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ހުޅުވިގެންދިޔަ މަގެއް ކަމަށެވެ. އަދި މިއީ މި އެއްބަަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން ޗައިނާއަށް ފޮނުވާ މަހުގެ އުފެއްދުންތަކަށް އެއްވެސް އިމްޕޯޓް ޑިއުޓީއެއް ނުނަގާއިރު މިކަމުގެ ސަބަބުން ދިވެހި މަހުގެ އުފެއްދުންތަކަށް ޗައިނާގެ ބޮޑު މާކެޓަށް ހުޅުވާލުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް، އާ މާކެޓްތައް ހޯދައި، ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި އަގުހުރި މަހުގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ކުރެވެމުންދާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian tourist arrival

ޗައިނާ ޓޫރިސްޓުންގެ އަދަދު 300،000 އަށް އަރައިފި

ޗައިނާއިން ރާއްޖެއަށް ފެންހިންދާ ޕަމްޕްތަކެއް ހަދިޔާކޮށްފި

900

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

china safeer

ޗައިނާގެ އެހީގައި ކުރިއަށްގެންދާ ބިޔަ 3 މަޝްރޫޢުގެ މަސައްކަތް އަވަހަށް ފެށޭނެ: ޗައިނާ ސަފީރު

TTH_advertisement