ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި

ހައުސިން މަޝްރޫޢުތައް ހިންގަން ސަރުކާރުން ނިންމާފައިވާ ރަށްތަކުގައި، އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ޢިމާރާތްކުރުމާއި ގެދޮރިވެރިކަމާ ބިނާރާ ބެހޭ ވުޒާރާ އިން ފަށައިފިއެވެ.

އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅަން ފުރުސަތު ދޭނީ ހައުސިން މަޝްރޫޢު ހިންގަން ސަރުކާރުން އިޢުލާންކޮށްފައިވާ 57 ރަށުގެ މީހުންނަށެވެ. މި 57 ރަށުގެ ތެރޭން އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދަނީ ކައުންސިލްތައް މެދުވެރިކޮށެވެ. މި ރަށްތަކުގައި 12 ހާސް ހައުސިން ޔުނިޓް އެޅުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާ އިން ވަނީ އިޢުލާންކޮށްފަ އެވެ. ހައުސިން ޔުނިޓެއްގައި ހިމެނެނީ ތިން ކޮޓަރި އާއި ސިޓިން ރޫމެވެ. އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅި ނަމަވެސް މި ޔުނިޓްތައް އަޅައިދެނީ، ސަރުކާރުގެ އެހެނިހެން ހައުސިންގ ސްކީމްތަކުން ދޫކުރާ ގެތަކަށް ފައިސާ ދައްކާ އުސޫލުތަކާ އެއްގޮތަށެވެ.

ސަރުކާރުން ހައުސިންގ މަޝްރޫޢު ކުރިއަށްގެންދަން ނިންމާފައިވާ ރަށްތަކުގެ އަމިއްލަ މީހުންގެ ގޯތީގައި ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެހީތެރިކަން ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މިއީ އަމިއްލައަށް ގެދޮރު އިމާރާތްކުރުމުގައި މާލީގޮތުން ދަތިކަން ހުރި ފަރާތްތަކަށް އެހީވެދިނުމަށް ސަރުކާރުން ތަނަވަސްކޮށްދޭ ފުރުޞަތެކެވެ.

ސަރުކާރުން މިހާރު ވަނީ، އަތޮޅުތަކުގެ ރަށްތަކުގައި ހައުސިންގ މަޝްރޫޢުތައް ހިންގަން ކޮންޓްރެކްޓަރުންނަށް ފުރުޞަތު ހުޅުވާލައިފައެވެ.

ބޯހިޔާވަހިކަމާ ގުޅުން ހުރި މަޝްރޫޢުތަކަށް މިއަހަރުގެ ބަޖެޓުގައި ވަނީ ދެ ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

43

ނުކުޅެދުންތެރިކަން ހުންނަ މީހުން ފްލެޓަށް ފޯމު ހުށަހަޅަން ވަކި ކެޓަގަރީއެއް ކަނޑައަޅައިފި

raees muiz

ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވައިލައިފި

Image 20

ތުޅާދޫ އާއި ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި