ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މާލޭގައި ޤާއިމުކުރާ ފުރަތަމަ އާންމު ބަލީގެ ކްލިނިކް މިމަހު ހުޅުވާނެ

ދަރުމަވަންތަ ހޮސްޕިޑަލް
TTH_Ads
STO_Ads
Advertisement

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ތަރައްޤީކުރާ ފުރަތަމަ އާންމު ބަލީގެ ކްލިނިކް މިމަހު ހުޅުވާނެކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދުގައި މިފަދަ 4 ކްލިނިކް ޤާއިމުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލްތަކަށް އޮންނަ ބާރު ކުޑަކޮށް، އާންމުންނަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުގެ ކަމާ ގުޅޭ މުވައްސަސާތައް ގުޅިގެންދަނީ މަސައްކަތްކުރައްވަމުންނެވެ.
މި މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ފަސޭހަ ނިޒާމެއްގެ ތެރެއިން ޑޮކްޓަރަށް ދެއްކޭނެ މަގުފަހިކުރުމަށް މާލޭގައި އާންމު ބަލީގެ ކްލިނިކްތައް ޤާއިމުކުރަމުންދާކަމަށެވެ. އަދި މިފަދަ ފުރަތަމަ ކްލިނިކް މިމަހު ހުޅުވާނެކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“އަޅުގަނޑުމެންނަށް އެޕޮއިންޓްމަންޓަށް ރިކުއެސްޓްކުރައްވާ ގިނަ ބޭފުޅުން އަންނަނީ ރިފަރަލް ނިޒާމެއްގެ ތެރެއިނެއް ނޫން އެޕޮއިންޓްމަންޓް ނޯޓުކުރަން މިއަންނަނީ. އެހެންވީމަ އެކަމަށް ހައްލެއް ގެނެވިއްޖިއްޔާ ސީދާ ދައްކަންޖެހޭ ޑޮކްޓަރަށް ރިފަރކުރެވިގެން އައިމަ މިކަމަށް ހައްލެއް އަންނާނެކަމަށް މިބަލަނީ. އެކަމަށްޓަކައި ޖީޕީ ކްލިނިކްތައް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން.” ސީއީއޯ ޙަލީމް

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު