ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއިން ސްވިޓްޒަލޭންޑަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ދިވެހި ރާއްޖެއިން ސްވިޓްޒަލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ސަލްމާ ރަޝީދު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިސް ކޮންފެޑެރޭޝަންގެ ރައީސް، ކަރިން ކެލަ-ޒުޓަރއަށް އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސްވިޓްޒަލޭންޑްގެ ވެރިރަށް ބަރންގައި ހުންނަ ފެޑަރަލް ޕެލަސްގައެވެ.

ފަތްކޮޅުއެރުވުމަށްފަހު، ސަފީރު ޑރ.ސަލްމާ ރަޝީދުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ނަމުގައި ސްވިސް ކޮންފެޑެރޭޝަންގެ ރައީސަށާއި ސްވިސްގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެ އާއި ސްވިޓްޒަލޭންޑާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގައި އިތުރު އަހަންމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިބައްދަލުވުމުގައި ސްވިސް ކޮންފެޑެރޭޝަންގެ ރައީސްވަނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުން، ޑރ. ސަލްމާ ރަޝީދަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެ އާއި ސްވިޓްޒަލޭންޑާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެ ޤައުމުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޑރ.ސަލްމާގެ އަރިހުގައި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ކައުންސެލަރ، އާދަމް ހާމިދު ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮސްޓްރިއާއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ޑެންމާކަށް ކަނޑައަޅާފައިވާ ސަފީރު ޤީލާ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

majilis

ތިން ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރަން ރުހުންދީފި

ބޫޓާނަށް ކަނޑައެޅުއްވި ސަފީރު ޝިއުނީން، ރަސްގެފާނަށް ފަތްކޮޅު އަރުވައިފި