ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަހައްދުގެ ފަސް ސުކޫލަކުން 505 ދަރިވަރަކަށް އެޗްޕީވީ ވެކްސިން ދީފި

121

އެޗް.ޕީ.ވީ ވެކްސިން މާލެ ސަރަހައްދުގެ 5 ސުކޫލަކުން 505 ދަރިވަރަކަށް ދީފި ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މާލެ ސަރަހައްދުގެ ސުކޫލުތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ދުނިޔޭގެ ވެކްސިން ހަފްތާ އާއި ގުޅިގެން ރޭވުނު ހަރަކާތްތަކުގެ ތެރެއިން ޤައުމީ ވެކްސިން ތާވަލުގައި ހިމެނޭ ވެކްސިން ތަކުގެ ކަވަރޭޖް ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތެއް ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

އެގޮތުން ޖޫން މަހުގައި ބޭއްވި މި ހަރަކާތުގައި އިމާދުއްދީން ސްކޫލް، ސަލާހުއްދީން ސްކޫލް، ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް އަދި ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް ހިމެނެއެވެ.

އެޗް.ޕީ.ވީ ވެކްސިންއަކީ 2019 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ވެކްސިން ތާވަލުގައި ހިމަނައިގެން 10 އަހަރުގެ އަންހެން ކުދިންނަށް ދެވޭ ވެކްސިންއެކެވެ. މި ވެކްސިންއަކީ ހިއުމަން ޕެޕިލޯމާ ވައިރަސް އިން ޖެހޭ ކެންސަރ ތަކުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ.

އެޗް.ޕީ.ވީ ފެތުރުން މަދުކުރުމަށް ވެކްސިން ޖަހާ އާބާދީ ބޮޑުކޮށް ކަވަރޭޖް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި

14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފި

މި އަހަރު 6 ހޮސްޕިޓަލެއް ހުޅުވައި، ޞިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެންނަނީ

ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ، ރާއްޖެއަށް ވުޖޫދީ ކަމެއް: ރައީސް