ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކެނެޑާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

TTH_Ads
STO_Ads

ކެނެޑާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ. އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައިވަނީ ކެނެޑާގެ ޤައުމީ ދުވަސް، “ކެނެޑާ ދުވަސް”ގެ މުނަސާބަގައި މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކެނެޑާގެ ގަވަރުނަރ ޖެނެރަލް މަރީ ސިމޮންއަށާއި، އެޤައުމުގެ ބޮޑުވަޒީރު މާކް ކާނޭއަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ކެނެޑާއިން ސިޔާސީ ގޮތުން ގުޅުން ޤާއިމުކުރިތާ، 40އަހަރު ވެފައިވާއިރު، ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމުގެ ޝަޢުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ކެނެޑާ ދުވަހުގެ ނަމުގައި ނަން ދީފައިވާ އެ ޤައުމުގެ ޤައުމީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ކޮންމެ ޖުލައި މަހެއްގެ 1 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ 1867 ވަނަ އަހަރު، މިހާރު ކެނެޑާ އުފެދިފައި އޮތް ސަރަހައްދުގައި އޭރު އޮތް 3 ޕްރޮވިންސެއް އެއް ޕްރޮވިންސަކަށް ބަދަލުވި ދުވަހާ ގުޅުވައިގެންނެވެ. މި 3 ޕްރޮވިންސުވެސް އޭރު އޮތީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައެވެ.

HajjCop_ads

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު