ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެއްލިގެން ހޯދާ ބިދޭސީ މީހާ އޮތީ އުޅަނދުގެ އިންޖީނު ރޫމްގެ ތެރޭ: އެމްއެންޑީއެފް

Guryvgbacaau6rz
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް — ފޮޓޯ: އެމްއެންޑީއެފް

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ އޮތީ އެ އުޅަނދުގެ އިންޖީނު ރޫމްގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު މާލެ އިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި އެ އުޅަނދުގައި ހަ މީހުން ދަތުރުކުރިއެވެ. އެއީ ދެ ސިފައިންނާއި އެއް އާންމު ފަރާތް އަދި ތިން ބިދޭސީންނެވެ. އެ މީހުންގެ ތެރެއިން ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު މަރުވެފައި އޮއްވައި ފެނިފައިވާ އިރު، ބިދޭސީ ފަޅުވެރިއެއް ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ އެ ހާދިސާއާ ގުޅިގެން އެތެރޭގެ ތަހުގީގެއް ކުރަމުން އަންނަ ކަމަށާއި ލޭންޑިން ކްރާފްޓަށް އެއްޗެއް ބަރުކުރެވޭނީ ސީދާ ކެޕްޓަންގެ ބެލުމުގެ ދަށުން ކަމަށެވެ.

އުޅަނދު އެއްވެސް ބަނދަރަކުން ފުރާނީ ވެސް އުޅަނދުގެ ހާލަތަށާއި މޫސުމަށް ބަލައިގެން އުޅަނދުގެ ކެޕްޓަން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށާއި ކެޕްޓަންގެ މައްޗަށް މަޖުބޫރުން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ވޮރަންޓް އޮފިސަރު އަލީ ހާމިދުގެ ހަށިގަނޑު ނެގީ ބަންޑުން ޖަހާލާފައިވާ ލޭންޑިން ކްރާފްޓުގެ ވީލްހައުސް ތެރެއިން ކަމަށާއި އަދި ގެއްލުނު ބިދޭސީ ފަޅުވެރިޔާ އިންޖީނު ރޫމުގެ ތެރޭގައި ވީކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ލޭންޑިން ކްރާފްޓް ފެތިފައިވަނީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާ އެއް މޭލު ދުރުން، 550 މީޓަރު އަޑިއަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާ ހިނގައިދިޔަ ގޮތް އިތުރަށް ބަލަމުންދަނީ އެކަމަށް ކަނޑައަޅާފައިވާ ބޯޑުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

Big C9T3CKlQgbjnTSq5kPakTOIEG

ރަން މެޑަލް ހޯދި ސިފައިންނަށް ހޫނު މަރުޙަބާއެއް

“ޕެޓްސް ކޮމްޕެޓިޝަން” ވާދަކޮށް އެމްއެންޑީއެފުން ރަން މެޑެލި ހޯދައިފި