ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަށް މަހުގެ ކުއްޖާ މަރުވި މައްސަލަ: އައިޖީއެމްއެޗުން ބުނަނީ ދޭންޖެހޭ ފަރުވާތައް ޑޮކްޓަރުން ދިން ކަމަށް

Igmh
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް
Maldivian_Ads
STO_Ads
TTH_Ads
Advertisement

އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މަރުވި އަށް މަހުގެ ކުއްޖާއަށް ދޭންޖެހޭ ފަރުވާތައް ޑޮކްޓަރުން ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އަށް މަހުގެ ކުއްޖާއަށް ފަރުވާދިނުމުގައި އިހުމާލުތަކެއް ވެފައިވާ ކަމަށްބުނެ، ސޯޝަލް މީޑިއާ މެދުވެރިކޮށް އަމާޒުކުރަމުންދާ ތުހުމަތުތަކާ ގުޅިގެން އައިޖީއެމްއެޗުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އެނގޭ ގޮތުގައި ނިޔާވި ކުއްޖާގެ ބަލީގެ ހާލަތު ހުރިގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން އައީ ގާތުން މޮނީޓާކޮށް، އެ ވަގުތު ދެވޭނެ ފަރުވާދީ، ގުޅުންހުރި ލޭގެއާއި އެހެނިހެން ތަހުލީލުތައް ކުރެވި އަދި ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން ކަމަށެވެ.

ރެކޯޑުތަކުން ދައްކާގޮތުން، އެ ޑިޕާޓްމަންޓުގެ މެޑިކަލް އޮފިސަރުންގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ވޯޑުތަކަށް ޒިޔާރަތްކޮށް، ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކު ވެސް ކުއްޖާ ބަލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

HajjCop_ads
Advertisement

އައިޖީއެމްއެޗުން ބުނީ ފަރުވާދިނުމުގައި ހޮސްޕިޓަލުން އަމަލުކުރާ ގޮތަށް ބަލާ އިރު، އައިސީޔޫގެ ފަރުވާ ދޭންޖެހޭ ކަމަށް ޑޮކްޓަރުން ލަފާދީފި ނަމަ، އެކަން ހަމަޖެއްސުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތްކުރާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ އައިސީޔޫ ފުރިއްޖެ ހާލަތުގައި މާލޭގެ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ޓްރާންސްފާކުރުމުގެ އިންތިޒާމު ހޮސްޕިޓަލުން ހަމަޖައްސައިދޭ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ތުއްތު ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް ވެސް ޖެހޭ ހުމެއް ނުވަތަ އިންފެކްޝަނަކާ ގުޅިގެން ދިމާވާ އިތުރު އެހެން ނުރައްކާތެރި ބައެއް ކަންކަމަކީ ފުރާނައަށް ވެސް ގެއްލުންވެދާނެ ފަދަ، އަދި ސިއްހީ ފަރުވާގައި ދުރާލާ ދެނެގަންނަން އުނދަގޫ ކަންކަން ކަމަށާއި އަދި އެފަދަ ބައެއް ބަލިތަކުގައި ކުއްލިއަކަށް ހާލަތު ނުރައްކާވެދާނެ ފަހަރުވެސް ދިމާވެދާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ އެފަދަ ކޮންމެ ހާދިސާއެއް ދިމާވުމާއެކު ހޮސްޕިޓަލުގެ އެތެރޭގެ ތަހުގީގެއް ކުރެވި، ހިދުމަތާއި ފަރުވާ އިތުރަށް ރަނގަޅުކުރެވިދާނެ ގޮތްތައް ދެނެގަނެވޭ ކަމަށާއި މި މައްސަލަ ވެސް އެ ހޮސްޕިޓަލުން ގެންދަނީ އިތުރަށް ބަލަމުން ކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕަށް ހުޅުވާލައިފި

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

90

ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދާނެ ފެސިލިޓީއެއް ޤާއިމްކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

Igmh

އައިޖީއެމްއެޗްގައި ރޮބޮޓިކް ސާޖަރީ ތައާރަފުކުރުމަށް ތައްޔާރުވަނީ