ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

”ފަހިމާލެ ސްކީމް“ އާއި ”ސަހަރު ސްކީމް“ ގެ ފައިނޭންސިން ތަފްސީލު ހާމަކޮށްފި

67

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން ”ފަހިމާލެ ސްކީމް“ އާއި ”ސަހަރު ސްކީމް“ ފައިނޭންސިންގެ ތަފްސީލުތައް ހާމަކޮށްފިއެވެ.

މިއީ ގެދޮރު އެޅުމަށް އެޅުމަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ފަށާފައިވާ ވަރަށް މުހިންމު ސްކީމްތަކެކެވެ.

އެގޮތުން މި ޕްރޮގްރާމުގެ ދަށުން ތިން ސްކީމެއް ތައާރަފްކޮށްފައިވާއިރު، ހައުސިންގް މިނިސްޓްރީން ވަނީ ”ފަހިމާލެ ސްކީމް“ އާއި ”ސަހަރު ސްކީމް“ ގެ ތަފްސީލުތައް މިއަދު ހިއްސާ ކޮށްފައެވެ.

ފަހިމާލެ ސްކީމް:

° މިއީ މާލެ ސަރަހައްދުގައި ގެދޮރު އެޅުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.

° މި ސްކީމުގައި ގިނަ ވެގެން ދޫކުރެވެނީ 6،000،000 (ހަ މިލިއަން) ރުފިޔާއެވެ.

° ކުދި ބިންކޮޅުތައް (600 އަކަފޫޓަށްވުރެ ކުޑަ) އެއްކޮށްގެން ބިން ތަރައްޤީކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދީ، އެ ފަރާތްތަކަށް ގިނަވެގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ދޭނެއެވެ.

° ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭ އެންމެ ދިގު މުއްދަތަކީ 25 އަހަރެވެ. މި މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުންނެވެ.

° މި ސްކީމުގައި ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން 18 މަސް ދުވަސް ދެވޭނެއެވެ.

° އިކުއިޓީ ކޮންޓްރިބިއުޝަންގެ ގޮތުގައި ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެއެވެ.

° މި ސްކީމް ހޯދުމަށް ބިމުގެ ރެޖިސްޓްރީ ބޭންކުގައި ރަހުނު ކުރަން ޖެހެއެވެ.

° އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ގިނަވެގެން 15 އިންސައްތަ ދޫކުރެވޭނެއެވެ.

° ބާކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެއެވެ.

ސަހަރު ސްކީމް

° މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްލު ހޯދައިދި ހާއްސަ ކޮށްފައިވާ ސްކީމެކެވެ.

° މި ސްކީމުގައި ގިނަ ވެގެން ދޫކުރެވެނީ 3،000،000 (ތިން މިލިއަން) ރުފިޔާއެވެ.

° ކުދި ބިންކޮޅުތައް (600 އަކަފޫޓަށްވުރެ ކުޑަ) އެއްކޮށްގެން ބިން ތަރައްޤީކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދީ، އެ ފަރާތްތަކަށް ގިނަވެގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ދޭނެއެވެ.

° ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭ އެންމެ ދިގު މުއްދަތަކީ 25 އަހަރެވެ. މި މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުންނެވެ.

° މި ސްކީމުގައި ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން 18 މަސް ދުވަސް ދެވޭނެއެވެ.

° އިކުއިޓީ ކޮންޓްރިބިއުޝަންގެ ގޮތުގައި ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެއެވެ.

° މި ސްކީމް ހޯދުމަށް ބިމުގެ ރެޖިސްޓްރީ ބޭންކުގައި ރަހުނު ކުރަން ޖެހެއެވެ.

° އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ގިނަވެގެން 15 އިންސައްތަ ދޫކުރެވޭނެއެވެ.

° ބާކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެއެވެ.

މިހާތަނަށް ރަށްވެހި ފައިނޭންސިން ސްކީމަށް 1329 އެޕްލިކޭޝަން ލިބިފައިވެއެވެ. އަދި ސަހަރު ފައިނޭންސިން ސްކީމަށް 586 އެޕްލިކޭޝަން އަދި ފަހިމާލެ ސްކީމަށް 314 އެޕްލިކޭޝަން ލިބިފައިވާކަމަށް ހައުސިންގް މިނިސްޓްރީން ބުނެފައިވެއެވެ. މިއީ އިސްލާމިކް ފައިނޭންސިންގެ ތެރެއިން ދޫކުރާ ފައިނޭންޝަލް ފެލިސިޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވައިލައިފި

Image 20

ތުޅާދޫ އާއި ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Image 20

މުހިންމު އިސްލާހުތަކާއެކު ތުޅާދޫ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން 11 ޖެނުއަރީގައި ހުޅުވާލަނީ

Image 20

ރައްޔިތުން އެދުނުގޮތަށް އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ފްލެޓް ލިބޭގޮތް ހަމަޖައްސައިފި

TTH_advertisement