ހަލާލު ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ދޫކުރައްވާނެ ރަށްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ މީސްމިޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
Our tourism industry is one that is renowned across the world. We remain a model for sustainability, visitor experience and hospitality. Now, we aim to embark on being a leader and a benchmark in Halal Tourism.
AdvertisementI am happy to announce that the government will be designating…
— Dr Mohamed Muizzu (@MMuizzu) June 27, 2025
ރާއްޖޭގައި ހަލާލު ފަތުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ފަތުރުވެރިކަމަކީ ދުނިޔޭ މަޤްބޫލުކަން ހޯދާފައިވާ ސިނާޢަތެއް ކަމަށެވެ. އެގޮތުން މިސިނާޢަތުގެ ދެމެހެއްޓެނިވިކަމާއި ފަތުރުވެރިންނަށް ފޯރުކޮށްދޭ ތަޖުރިބާއާއި ޚިދުމަތަކީ ނަމޫނާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގިނަ ކާމިޔާބީތައް ހާސިލްކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ހަލާލު ފަތުރުވެރިކަން ތަޢާރަފްކޮށް އެކަމުގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމަށްވުމަށް މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން، ހަލާލު ފަތުރުވެރިކަމަށް ޚާއްސަ ރަށްތަކެއް ކަނޑައެޅުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިކަން ކުރާނީ އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކާއި ލުއިތަކެއް ލިބޭގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެސަބަބުން ސިނާޢަތް ސިންދަފާތުވެ ފަތުރުވެރިކަމުގެ އިތުރުން އުފެއްދުންތައްވެސް ފޯރުކޮށްދެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިކަމުގެ އިތުރު ތަފްސީލު އަންނަ ހަފްތާގައި ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން އާންމު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ އޮތީ ދުނިޔޭގެ ކަންކޮޅުތަކުން އިންވެސްޓްމަންޓްތައް ގެނެސް، އިންވެސްޓަރުންނަށް ހުޅުވާލަން ތައްޔާރުވެފައި ކަމަށެވެ.
ރާއްޖޭގައި ހަލާލު ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މަތީ ފަންތީގެ ފަތުރުވެރިކަން ހިމެނޭހެން ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް އިސްތިހާރުކޮށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ރަށު ފަތުރުވެރިކަން ކުރިއަރުވައި، ކުޅިވަރާއި މުނިފޫހިފިލުވުމާއި އަދި މީނޫންވެސް އެކި ދާއިރާތައް ކުރިއަރުވަން ވަނީ މަސައްކަތް ކޮށްފައެވެ.
މިއަހަރު މިހާތަނަށް ރާއްޖެ 1 މިލިޔަން 74 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.3 މިިލިޔަން ފަތުރުވެރިން ގެނައުމެވެ. އަދި މި އަމާޒު ހާސިލްކުރުމާއިއެކު ފަތުރުވެރިކަމުން ލިބޭ އާމްދަނީ 2027 ގެ ނިޔަލަށް 6 ބިލިޔަން ޑޮލަރަށް އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.











ކިޔުންތެރިންގެ ހިޔާލު