ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ އަމާޒަށް ވިޔަފާރިތައް ކުރިއަރާނެ މާހައުލެއް އުފެއްދުމަށް ސާބިތުވެ ހުންނާނަން: ރައީސް

raeees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރާއްޖެ 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ އަމާޒަށް ވާޞިލުވުމަށްޓަކައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއެރުމުގެ މަގު ތަނަވަސްކޮށްދިނުމަށް މި ސަރުކާރުން ދެމިތިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

“މައިކްރޯ، ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓަޕްރައިޒަސް ޑޭ” ގެ މުނާސަބަތުގައި އެކްސް (ކުރީގެ ޓްވިޓަރ) ގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި، ވިޔަފާރިވެރިންގެ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ، ވިޔަފާރިތަކުގެ ކުރިއެރުމަށް އެހީތެރިވެދީ، އައު މާކެޓްތަކަށް ވަދެވޭނެ މަގު ފަހިކޮށްދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައެވެ.

ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކުވައިދިނުމަށް ފާއިތުވި މަހު ބޭއްވުނު “މޯލްޑިވްސް އެކްސްޕޯ 2025” ގެ ކާމިޔާބީއާއެކު، ކުދި ވިޔަފާރިތަކަށްވެސް ކުރިއެރުމުގެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އިސްކަންދޭ ކަމެއްކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

“2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށްވުމުގެ އަމާޒު ހާސިލުކުރުމަށްޓަކައި، މި ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ” ރައީސް

މީގެއިތުރުން، އިޤްތިޞާދު ފުޅާކޮށް ތަރައްޤީކުރުމަށްޓަކައި ވިޔަފާރިތަކަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން މި ސަރުކާރުން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 24 at 15.56.07

މަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް

Nimaal

ސައުދީއާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން ފުޅާކުރުމަށް ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު

Qw

ރަސްމާލޭ މަޝްރޫއަށްވުރެ މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން: ނަޝީދު

88887

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފި