ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ފަށާނެ: ރައީސް

Maldivian_Ads
STO_Ads
TTH_Ads
Advertisement

ރާއްޖެ ޓްރާންސްޕޯޓްސް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މިއަދު ރ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށުމާއެކު، އެ އަތޮޅުގެ ރައްޔިތުންނަށް މަރުޙަބާ ދެންނެވުމަށް މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައެވެ.

“ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް މިއަދު ރ. އަތޮޅު ފެރީ ޚިދުމަތް ވަނީ ފަށާފައި. މި ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ރ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވަން.” – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

HajjCop_ads
Advertisement

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް އާރުޓީއެލްގެ ޚިދުމަތް ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ވެސް ފެށިގެންދާނެ ކަމަށެވެ. އެ އަތޮޅުގައި ޚިދުމަތް ޤާއިމުކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

“އަދި، ދެން ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެ ކަމަށްވީ ވަޢުދު ވެސް ފުދިގެންދާނެ. އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރިޔަށް.” – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އާރުޓީއެލްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެމްޓީސީސީއިން ބުނީ ޒޯން ދޭއްގައި ހިމެނޭ ރ. އަތޮޅުގައި އެ އާރުޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފެށިގެންދިއުމާއެކު، އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި ދަތުރުފަތުރުގެ އިންޤިލާބީ އާ ބާބެއް ފެށޭނެ ކަމަށެވެ.

މިއަދުން ފެށިގެން ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް އާރުޓީއެލްގެ ޚިދުމަތް އެ އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހިލެ އެވެ. އެމްޓީސީސީން ބުނީ ހިލޭ ދަތުރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، ޚިދުމަތް ތަޖުރިބާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމާއެކު، ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުން ކަމަށެވެ.

ރ. އަތޮޅުގައި ފެށި އާރުޓީއެލްގެ ޚިދުމަތް ޖުލައި 2 ވަނަ ދުވަހާއި ހަމައަށް ހިލޭ ދިނުމަށްފަހު، ޖުލަ 3 ވަނަ ދުވަހުން ފެށިގެން ފެރީ ދަތުރުތަކަށް އަގު ނަގާނެއެވެ. އެދުވަހުން ފެށިގެން ޓިކެޓް ނެގުމަށް ބޭނުންކުރާނީ އެމްޓީސީސީން އެކަމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރުޓީއެލް ޓްރެވެލް އެޕް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މިއަދު ފެށި ޚިދުމަތާއެކު ރާއްޖޭގެ 10 އަތޮޅަކަށް އާރުޓީއެލްގެ ޚިދުމަތް ވަނީ ފުޅާކޮށްފައެވެ. ރ. އަތޮޅުގެ އިތުރުން އާރުޓީއެލްގެ ޚިދުމަތް ދެނީ ހއ، ހދ، ށ، ނ، ރ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gqhakxkx0aahccr

އިޤްތިޞާދު ސިންދަފާތުކުރުމުގައި ދަނޑުވެރިން އަދާކުރާ ދައުރު ވަރަށް މުހިންމު: ރައީސް

Gqhakxkx0aahccr

ރާއްޖޭގެ 1،000 މީހުންގެ އާބާދީ ހަމަވާ ކޮންމެ ރަށެއްގައި ޕާސްޕޯޓުގެ ހިދުމަތް ދޭން ރައީސް ނިންމަވައިފި

“ސަރުކާރުގެ ޚިދުމާތު މަރުކަޒު” ގެ ނަމުގައި ރާއްޖޭގެ 18 އަތޮޅެއްގައި މަރުކަޒުތަކެއް ރައީސް އުފައްދަވައިފި

Nimaal

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުވިކުރުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި