ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި

Whatsapp image 2025 06 25 at 09.47.56
STO_Ads
TTH_Ads

ބާރަށް ދުއްވާފައި ގޮސް ވެހިކަލް ޗެކްޕޮއިންޓެއްގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މިރޭ 20:20 އެހައިކަންހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން މަޑުކުރަން ބުނުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، އެ ސައިކަލު ދުއްވި، އުމުރުން 18 އަހަރުގެ މ. ބަހާރުވިލާ، ޔޫނުސް ޚަލީލް ޢަބްދުﷲ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހާދިސާގައި ފުލުސް މީހާއަށް އަނިޔާވެފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.

HajjCop_ads

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ޔޫނުސް އަތުގައި ދުއްވުމުގެ ލައިސެންސް ނެތްކަމަށް ފުލުހުން ބުންޏެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8u

ޑްރަގްގެ މައްސަލައެއްގައި މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި

Police vcle

އޭޕްރީލުމަހު އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި