ކުއްލި ޚަބަރު

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ކުރީ ސަރުކާރުން ޔޫމެޓަށް 23 މިލިއަން ރުފިޔާ ދިނީ ކިހިނެއް؟

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ޔޫމެޓް ކޮންސްޓްރަކްޝަންސް އަށް ބަދަލުގެ ގޮތުގައި 23 މިލިއަން ރުފިޔާ ދީފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރި ޚާއްސަ އޮޑިޓަކުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ޔޫމެޓް ކޮންސްޓްރަކްޝަންސްއާ ހަވާލުކާލުކުރުމަށްފަހު، އެ އެއްބަސްވުން ބާޠިލްކޮށް 2013 މާރިޗު 18 ގައި އެމްޓީސީސީއާ ހަވާލުކުރެވުނެވެ. މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 26 މިލިއަން ރުފިޔާ ދިނުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިކޮނޮމިކް ކައުންސިލުން ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ސަރުކާރަށް ގެއްލުންވާ ގޮތަށެވެ. އެންމެ ގިނަވެގެން ވެސް ނަގައިދޭންޖެހޭނީ 2.7 މިލިއަން ރުފިޔާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާއިރު، 2023 އޭޕްރީލް 30 ގައި 26 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވެއެވެ. މިއީ ޝަރުޢީ ކޯޓަކުން ވެސް ނަގައިދީފައިނުވާ އަދަދެކެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މަސައްކަތް ހުއްޓިފައިވަނީ 2012 އޭޕްރީލް 1 ގައެވެ. އެހެންކަމުން، އެއްބަސްވުން ބާޠިލްކުރުމާ ހަމައަށް އައިޑަލް ކޮސްޓްގެ ގޮތުގައި ދޭންޖެހޭނީ 343 ދުވަހަށް ކަމަށްވާތީ، އޭގެ އަގު ބެލެވެނީ 2.7 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް، އައިޑަލް ކޮސްޓްގެ ގޮތުގައި 6.2 މިލިއަން ރުފިޔާ ދީފައިވެއެވެ.

މީގެއިތުރުން، ކުންފުނިން ނުކުރާ މަސައްކަތްތަކަށް ވެސް ބަދަލުގެ ގޮތުގައި ފައިސާ ދީފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި މިލިއަނުން ފައިސާ ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ކުރީގެ އެމްޑީޕީ ސަރުކާރުން ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވާ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދިނުން ހުއްޓުވާފައިވާކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ޒަކާތުގެ ދެވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވަނީ

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

TTH_advertisement ELL Mobile Advertisement