ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެލްކޯގެ އިންހައުސް ޓްރެއިނާސް ޕޫލް އިފްތިތާހުކޮށްފި

3

ސްޓެލްކޯގެ އިންހައުސް ޓްރެއިނާސް ޕޫލް މިއަދު އިފްތިތާހުކޮށް، 35 މުވައްޒަފަކަށް ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސަންސް ދީފިއެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ އިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓާނަލް ޓްރެއިނިން ދިނުމުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.

ސްޓެލްކޯ އިންހައުސް ޓްރެއިނާސް ޕޫލަކީ، ކުންފުނީގެ މުވައްޒަފުންގެ އިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓާނަލް ޓްރެއިނިންގ ފޯރުކޮށްދިނުމަށް އެކުލަވާލެވިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންނަށް ބޭނުންވާ ހުނަރު ދެނެގަނެ، އެ މުވައްޒަފުންނަށް ބޭނުންވާ އިލްމު އެންމެ ގާތުން ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމުގެ ދަށުން ސްޓެލްކޯގެ 35 މުވައްޒަފުން ވަނީ ”ޓްރެއިން ދަ ޓްރެއިނާ“ އިންޓަނޭޝަނަލް ސެޓްފިކެޓް ހާސިލްކޮށްފައެވެ. އަދި މިއަދުގެ ރަސްމިއްޔާތުގައި މި މުވައްޒަފުންނަށް ވަނީ ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސެންސް ދޫކޮށްފައެވެ.

މި ރަސްމިއްޔާތުގައި އިންހައުސް ޓްރެއިނާސް ޕޫލްއިން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގތަކުގެ މައުލޫމާތު ހިމެނޭ އަތްމަތީ ފޮތް ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް ބައިނަލްއަގުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް “ވަށަނި” އިފްތިތާޙްކޮށްފި