ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭގެ ބޯޑުގެ އެޑްވައިޒަރުގެ މަގާމުން އިދްހާމް ވަކިކޮށްފި

3

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އިދުހާމް ހުސެއިން އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.

އިދުހާމް ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް ސެކްޝަންގެ އެޑްވައިޒަރުގެ މަގާމުގައެވެ.

މީގެ ކުރިން އޭނާ ހުންނެވީ އެ ސެކްޝަނުގެ ހެޑްގެ ގޮތުގައި އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައެވެ. ނަމަވެސް، އާ ގަވަރުނަރު އަހުމަދު މުނައްވަރު މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު އެ އިދާރާގެ ހިންގުމުގެ އޮނިގަނޑަށް ގެނައި ބޮޑެތި ބަދަލުތަކާ ގުޅިގެން އެ ސެކްޝަނުގެ ހެޑްގެ މަގާމަށް މެނޭޖިން ޑިރެކްޓަރު މަރިޔަމް ރަޝްފާ ވަނީ ހަމަޖައްސާފައެވެ.

އިދުހާމް ބޯޑުން ވަކިކުރި ސަބަބު އެމްއެމްއޭއިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އޭނާ އެ މަގާމުން ވަކިކުރީ، މަނިޓަރީ ޕޮލިސީ ޑިޕާޓްމެންޓްގެ ހެޑްގެ މަގާމަށް ރަޝްފާ ހަމަޖެއްސުމާ ގުޅިގެންނެވެ. އަދި ބޯޑުގެ އެޑްވައިޒަރުގެ މަގާމަށް ރަޝްފާ ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ބެލެވެއެވެ.

1990 އިން ފެށިގެން އެމްއެމްއޭގެ އެކި މަގާމުތައް އަދާކުރައްވަމުން އަންނަ އިދުހާމަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިންގެ ކޮއްކޮއެކެވެ.

އިދުހާމް ބޯޑުން ވަކިކުރި އިރު، އެމްއެމްއޭގެ ބޯޑަށް މިފަހުން ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ.

މިގޮތުން މިދިޔަ މާޗް މަހު އެ ބޯޑުގައި ތިއްބެވި ތިން މެންބަރަކު ވަނީ ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިޔަން، މިއީ %63.7 ގެ އިތުރުވުމެއް

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓަލިޖަންސް ހެޑަކަށް މުހައްމަދު އިޝާން އައްޔަނުކޮށްފި

mma

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅޭ ތާރީޚީ ފޮޓޯ ހޯދަނީ