ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަރަނީގެ މައްސަލައަށް ހައްލު ހޯދައިދޭނެ ޕާޓީއަކީ އެމްޑީޕީ: ނަޝީދު

Gujeyvkwcaahdmh
ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަދައްކަވަނީ — ފޮޓޯ: އެމްޑީޕީ

ދަރަނީގެ މައްސަލައަށް ހައްލު ހޯދައިދޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށާއި ރައްޔިތުންނަށް ހެވެއް އެދޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ސަލްޓަން ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހީންގެ އާންމު ހާލަތު އެބަ ހޯދާންޖެހޭ ކަމަށާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ރައްޔިތުންގެ ސަލާމަތް އަބަދުވެސް ހޯދައިދޭނެ ޕާޓީއެއް ކަމަށެވެ.

“އަޅުގަނޑުމެންނަށް އެނގޭ ދަރަނި އަލުން އަނބުރާ އެކުލަވާލަން ވެސް، އަޅުގަނޑުމެންނަށް އެނގޭ އެ ފައިސާ ދައްކާނެ ގޮތް ވެސް، އަޅުގަނޑުމެންނަށް އެބަ އެނގޭ އެ ފައިސާ ދެއްކުމުގެ އިތުރުން ތިބޭފުޅުންގެ އާންމު ހާލަތު ރަނގަޅުކުރުމަށް ދެން ކުރާން އޮތީ ކޮން ކަމެއްކަން ވެސް،” އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ހިސާބު ޖަހަން އެނގޭ، ރަނުން ރަނަށް މިންއަޅާ ޕާޓީއެއް ކަމަށާއި އެ ޕާޓީއަކީ ދެން ވާންއުޅޭ ގޮތް ދެނެގަންނަ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީއަކީ ރައްޔިތުންނަށް ހެޔޮލަފާ ގޮތް ފޯރުކޮށްދޭނެ ޕާޓީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

“އެމްޑީޕީއަކީ ހަމައެކަނި ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް ނޫން، މި ނޫން ޕާޓީއެއް އޭޝިއާ ތެރެއަކު ގައުމެއް ބަދަލުކޮށްލާކަށް، ރައްޔިތަކަށް ހެވެއް ހޯދައިދޭކަށް ހަގީގަތުގައި ނުވެސް ނެތް،” އެ މަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީއަށް ރައީސް ނަޝީދު ގުޅިވަޑައިގެންފައި މިވަނީ، ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހު ސިޔާސީ މަސައްކަތުގައި ނަޝީދު ހަރަކާތްތެރިވެވަޑައިގެންފައިވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

އެމެރިކާއިން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ނަޝީދު ފާޑުވިދާޅުވެއްޖެ

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

78

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި