ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

އައު ހޮސްޕިޓަލު އަޅާތީ ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން އަމާން ހިޔާ އިމާރާތަށް ބަދަލުކުރަނީ

ވިލިމާލޭގައި ތަރައްޤީކުރުމަށް ރޭވިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމަށްޓަކައި، މިހާރު ހުރި ވިލިމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ވަގުތީގޮތުން އަމާން ހިޔާ ހިންގި އިމާރާތަށް ބަދަލުކުރުމަށް ނިންމާފައިވެއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ހަވާލުކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރެވޭ މި ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ފެށުމަށްޓަކައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި މި މަހުގެ 4 ވަނަ ދުވަހު ސޮއިކުރެވިފައިވެއެވެ. މި ހޮސްޕިޓަލްގެ އެނދުގެ ޢަދަދު 112 އަށް އިތުރުކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވާ ގޮތުގައި، ވިލިމާލޭގައި މި ހޮސްޕިޓަލް ތަރައްޤީވުމާއެކު، ގްރޭޓަރ މާލެ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިހާރު ވިލިމާލޭގައި ހުރި ހޮސްޕިޓަލުގެ ޚިދުމަތްތައް އެރަށުގެ އާބާދީއަށް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެވެން ނެތްކަން ފާހަގަކުރެވެއެވެ. އާބާދީގައި 15,000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގައި ބަލިމީހުން ބެލުމަށް ހުރީ އެންމެ 3 ކޮޓަރިއެވެ. އަދި އިމަރޖެންސީގައި ބޭނުންކުރެވެނީ 5 އެނދެވެ. މި ސަބަބާހުރެ، ޢާންމު ޙާލަތްތަކުގައިވެސް ގިނަ ފަހަރު އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ދާންޖެހުމަކީ ވިލިމާލޭ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް، އަލަށް ޤާއިމްކުރެވޭ ހޮސްޕިޓަލާއެކު މި ދަތިތަކަށް ޙައްލު ލިބިގެންދާނެއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްޤީކުރެވޭ މި ހޮސްޕިޓަލުގައި ދެ އިމާރާތެއް ހިމެނޭނެއެވެ. މީގެ އިތުރުން، އައުޓްޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަކުރެވިފައިވާ އެނދުތަކެއްވެސް ހިމެނޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިލިމާލޭގައި ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވައިފި

778

ވިލިމާލެ ހޮސްޕިޓަލް އަޅަން ކޮންޓްރެކްޓަރަކު ހޯދަން ސޮއިކޮށްފި

117

ވިލިމާލޭ ހޮސްޕިޓަލްގެ ސާވޭ އާއި ޑިޒައިންގެ މަސައްކަތް ޗައިނާ އިން ފަށައިފި

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހަތަރު ޕާކިން އިމާރާތް އަޅަނީ

TTH_advertisement