ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

TTH_Ads
STO_Ads
Advertisement

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ފަހު ސެޝަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ފަސް ދަންފަޅިއަކަށް ބަހާލައިގެން ވަނީ ކުރިއަށްގެންގޮސްފައެވެ.

ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކުރެއްވުމަށް ބޭއްވި ފަހު ދަންފަޅި ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

HajjCop_ads
Advertisement

“މަތީ އަރުތަވެރިންގެ އިނާމު” ދެއްވުމަށް ބޭއްވި ރަސްމިއްޔާތު ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.

“މަތީ އަރުތަވެރިންގެ އިނާމު” ދިނުމުގެ މިރޭގެ ދަންފަޅީގައި 572 ދަރިވަރަކަށް ވަނީ އިނާމު ދެއްވާފައެވެ. މީގެތެރޭގައި ހިމެނެނީ މަތީ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން 10 ވަނަ ޙާސިލުކުރި 42 ދަރިވަރުންނަށާއި 9 ވަނަ ޙާސިލުކުރި 49 ދަރިވަރުންނަށާއި 8 ވަނަ ޙާސިލުކުރި 49 ދަރިވަރުންނަށާއި 7 ވަނަ ޙާސިލުކުރި 51 ދަރިވަރުންނަށާއި 6 ވަނަ ޙާސިލުކުރި 56 ދަރިވަރުންނަށާއި، 5 ވަނަ ޙާސިލުކުރި 41 ދަރިވަރުންނަށާއި 4 ވަނަ ޙާސިލުކުރި 31 ދަރިވަރުންނާއި 3ވަނަ ހާސިލް ކުރި 20 ދަރިވަރުންނާއި 2 ވަނަ ހާސިލް ކުރި 17 އަދި 1 ވަނަ ހާސިލް ކުރި 8 ދަރިވަރުންނެވެ.

މި ރަސްމިއްޔާތުގައި 2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނުން އައުޓްސްޓޭންޑިން ޕިއަރސަންސް ލާނަރސް އެވޯޑު، ދުނިޔޭގެ 10 ވަނާގައި ހިމެނުނު 32 ދަރިވަރަކަށް އިނާމު ދެއްވާފައެވެ. އަދި ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން ވަކިވަކި މާއްދާތަކުން އެއްވަނަ ހޯދި 57 ދަރިވަރަކަށާއި، އައުޓްސްޓޭންޑިން ޕިއަރސަންސް ލާނަރސް އެވޯޑު ދުނިޔެއިން އެއްވަނަ ހޯދި ދެ ދަރިވަރަކަށް މި ހަފްލާގައި ވަނީ އިނާމު ހަވާލުކޮށްފައެވެ. މީގެ އިތުރުން ސާނަވީ ތަޢުލީމު އިމްތިހާނުތަކުން ގަދަ 10ގެ 1ވަނަގައި ހިމެނުނު 21 ދަރިވަަރަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިނާމު ހަވާލުކޮށްދެއްވާފައެވެ.

މި އިނާމުތަކުގެ އިތުރުން ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު 85 ދަރިވަރަކަށް ހަދާނީ ލިޔުން މި ރަސްމިއްޔާތުގައި ހަވާލުކުރައްވާފައެވެ. އަދި މަތީ ސާނަވީ ތަޢުލީމު އިމްތިހާނުތަކުން ގަދަ 10ގެ 1ވަނައަށް ހޮވުނު 11 ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި އިނާމުވެސް މި ރަސްމިއްޔާތުގައި ހަވާލުކުރެއްވިއެވެ.

ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 2023-2024 ވަނަ އަހަރު 1800 އަށްވުރެ ގިނަ ދަރިވަރުން މަތީ އަރުތަވެރިންގެ އިނާމު ޙާޞިލުކުރިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

ތިލަފުއްޓަށް ޕޯޓް ބަދަލުކުރާއިރު ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ: ރައީސް

Qw

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Qw

ކޮރަޕްޝަނުން ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

466845 e668f9cd 6

 މިހާރު ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ “މޯލްޑިވްސް ފަސްޓް”، އެމްޑީޕީން ގެންގުޅުނީ ޕްރޯ-އިސްރާއީލު ސިޔާސަތެއް: ރައީސް