ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

2024 ވަނަ އަހަރު އަސާސީ ޕެންޝަނަށް ޚަރަދުކުރީ 1.3 ބިލިއަން ރުފިޔާ

Pp

ނިމިގެންދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި ދައުލަތުން އަސާސީ ޕެންޝަންގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދީފައިވާ މަޢުލޫމާތަށް ބިނާކޮށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ޝާއިޢުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި އަހަރު އަސާސީ ޕެންޝަނަށް ދައުލަތުން ކުރި ހޭދަ ވަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު %7 އިތުރުވެފައެވެ. މިގޮތުން 2023 ވަނަ އަހަރު އަސާސީ ޕެންޝަނަށް 1،229،378،254ރ. ހޭދަކޮށްފައިވާއިރު، 2024 ވަނަ އަހަރު ޚަރަދުކޮށްފައިވަނީ 1،320،319،233ރ. އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އަސާސީ ޕެންޝަނަށް އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ޑިސެންބަރު މަހުގައެވެ. އެގޮތުން ޑިސެންބަރު މަހު އަސާސީ ޕެންޝަންގެ ގޮތުގައި ހޭދަކޮށްފައިވަނީ 112،327،593ރ. އެވެ.

އަސާސީ ޕެންޝަނަކީ ޢުމުރުން 65 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ފޯރުކޮށްދެވޭ ޕެންޝަނެކެވެ. އަސާސީ ޕެންޝަން ސްކީމުގެ އަމާޒަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އަދާކުރިވަޒީފާ މެދުވެރިކޮށް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާވި ފައިސާއިން އެކަށޭނަ ރިޓަޔަރމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންނަށް ޢުމުރުން 65 އަހަރުވުމުން އަސާސީ ބޭނުންތަކަށް ޕެންޝަނެއް ދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

900

ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އިސްތިއުފާދެއްވައިފި

ޕެންޝަން އޮފީހުގެ ބޯޑަށް ޝަރުވަސް އަދި މާޖިދު އައްޔަންކުރައްވައިފި

TTH_advertisement