ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަރުކަޒީ ޖަލު އަޅަން އެމެރިކާ ކުންފުންޏަކުން ހުށަހަޅައިފި

3

ރާއްޖޭގައި މަރުކަޒީ ޖަލެއް އިމާރާތް ކުރުމަށާއި ކުށްކުރާ ކުޑަކުދިން ރީހެބިލިޓޭޓް ކުރުމަށް ތަރައްގީ ކުރާ ”ހޯޕް އައިލެންޑް“ އިމާރާތް ކުރުމަށް، އެމެރިކާގެ ކުންފުންޏަކާއި އިތުރު ތިން ކުންފުންޏެއް ކުރިމަތިލާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ސަރުކާރުން ރާވާފައިވާ މި ދެ މަޝްރޫޢުއަށް ކުރިމަތިލާފައިވަނީ ދިވެހި ކުންފުންޏަކާއި ޗައިނާގެ ކުންފުންޏަކާއި، މެލޭޝިއާ އަދި އެމެރިކާގެ ކުންފުންޏަކުން ކަމަށެވެ.

އެންމެ ރަނގަޅު ބައެއް ބެލުމަށްފަހު، އަންނަ މަސް ތެރޭގައި އެ މަސައްކަތް ހަވާލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ޖަލުތައް ގާއިމުކޮށްފައި ހުރީ، ކަރެކްޝަން އަދި ރިހެބިލިޓޭޝަނަށް ފުރުސަތު ނުލިބޭ ގޮތަށް ކަމަށާއި އެތަންތަން ހުރީ، ހަމައެކަނި މީހުން ހައްޔަރުކޮށްފައި ބައިތިއްބާ ތަންތަނުގެ ގޮތުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު