ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާސާރީ ބިނާތައް ސާފުކޮށް ބެލެހެއްޓުން ވެމްކޯއާ ހަވާލުކޮށްފި

ދިވެހިރާއްޖޭގެ ތާރީޚީ ބިނާތައް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވިއްޖެއެޖެއެވެ.

މި އެއްބަސްވުމުގައި ސޮއިކޮއިކުރުމުގެ ރަސްމިއްޔާތު ބ ބޭއްވުނީ އިއްޔެ ވެމްކޯގެ މައި އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޔާނިޢު ހާޝިމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.

މި އެއްބަސްވުމުގެ ދަށުން، ވެމްކޯއިން ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ހުރި، ފަސޭހައިން ވާސިލުވެވޭ އާސާރީ ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމުގެ ޒިންމާ ވެމްކޯއިން އުފުލާނެއެވެ. މިގޮތުން، މިފަދަ ތަރިކައިގެ ބިނާތައް ކޮންމެ ތިން މަހަކުން އެއްފަހަރު ވެމްކޯގެ ފަރާތުން ބަލައި، ވެކިއުމްކޮށް، އަދި އެތަންތަނުގެ ސާފުތާހިރުކަމާއި ޒީނަތްތެރިކަން ދެމެހެއްޓުމަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ފޯރުކޮށްދެމުން ގެންދާނެއެވެ.

ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ. މި ޤައުމީ މަސައްކަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެއްބާރުލުން ލިބެމުންދާކަން ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

wamco

ވެމްކޯ ސައިޓުގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހާ އޮތީ ވެންޓިލޭޓަރުގައި

767

ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

wamco

މިއަހަރު ޤަވާއިދާ ޚިލާފަށް މަގުތަކުގައި ކުނި ބަހައްޓާ މިންވަރު މަދު: ވެމްކޯ

wamco

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެންނަނީ