ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުނަވަން ބަދަލުކުރުމުގެ ގާނޫނު ޑްރާފްޓުކޮށް ނިމިއްޖެ: ނާޒިމް

minister nazim

ރާއްޖޭގައި އޯގަން ޓްރާންސްޕްލާންޓް ނުވަތަ ގުނަވަން ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ގޮތުން ހަދަންޖެހޭ ގާނޫނު މިހާރު ޑްރާފްޓުކޮށް ނިމިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

“އެސްއެސްޓީވީ” އިން ގެނެސްދޭ “ބާރު ހަތަރެއް” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނާޒިމް ރޭ ވިދާޅުވީ އެ ޑްރާފްޓު ގާނޫނު، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، މަޖިލީހުން އެ ގާނޫނު ފާސްކުރުމުން، ރާއްޖޭގައި އޯގަން ޓްރާންސްޕްލާންޓުގެ ހިދުމަތް ފެށޭނެ ކަމަށެވެ.

“ދުނިޔޭގެ އެކްސްޕާޓުންނާއި ދިވެހިރާއްޖޭގެ ހެލްތު ޕްރޮފެޝަނަލްސްގެ ލަފަޔާއި އިރުޝާދުގެ ދަށުން އެ ގާނޫނު މިހާރު އެކުލަވާލެވި ފުރަތަމަ ޑްރާފްޓް ތައްޔާރު ކުރެވި، ދެން އަދި އިތުރަށް މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ އަޅުގަނޑުމެން މިދަނީ މަޝްވަރާ ކުރަމުން. މަޝްވަރާތައް ނިމުމާއެކު އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް އެ ގާނޫނު ފޮނުވާނަން،” ނާޒިމް ވިދާޅުވިއެވެ.

ނަމަވެސް އެ ޑްރާފްޓު ގާނޫނު މަޖިލީހަށް ފޮނުވޭނެ ދުވަހެއް ނާޒިމް ވިދާޅެއް ނުވެއެވެ.

ނާޒިމް ވިދާޅުވީ އޯގަން ޓްރާންސްޕްލާންޓުގެ ހިދުމަތް ދިނުމުގެ ގޮތުން ހޮސްޕިޓަލްތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް އޮޕަރޭޝަން ތިއޭޓަރުތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އާބާދީ މަދު ރަށްރަށުގެ ސިއްހީ ޚިދުމަތް ވެސް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން: ނާޒިމް

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ: ނާޒިމް

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް