ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕާކުކުރާ އުޅަނދުތައް ވެސް ޓޯކުރަން ނިންމައިފި

Gj1c2swbeaapqgl

އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފުލުހުން ނިންމައިފިއެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަން ނިންމާފައިވާ އިރު، މިމަހުގެ 12 ގައި ފުލުހުން ވަނީ މަޖީދީ މަގުގައި ޕާކުކުރާ އުޅަނދުތައް ވެސް ޓޯކުރަން ފަށައިފައެވެ.

ފުލުހުން މިއަދު ބުނީ ހިތިގަސްމަގު ކަންމަތިން މެހެރިގޯޅިއާ ހަމައަށް، ބޮޑުތަކުރުފާނުމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަން ނިންމާފައިވާ ކަމަށާއި ޓޯކުރާ އުޅަނދުތައް ދޫކުރާނީ ދެ ދުވަސް ފަހުން ކަމަށެވެ.

އެ ސަރަހައްދުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރުމަށް ނިންމާފައިވަނީ މާލޭގެ މަގުތަކުގައި ދަރުތުފަތުރުކުރުމަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް، އާޓިފިޝަލް ބީޗު ސަރަހައްދު ވެގެން ގޮސްފައިވަނީ ގިނަ އަދަދެއްގެ ކާރާއި ޕިކަޕު ފަދަ ބޮޑެތި އުޅ ޕާކުކުރާ ސަރަހައްދަކަށެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ބައެއް ވަގުތުތަކުގައި ޓްރެފިކަށް ވެސް ބާރުބޮޑުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

police

ޓްރެފިކް ޖޫރިމަނާ ނުދައްކާނަމަ ތަޅު އަޅުވަން ފުލުހުންނަށް ބާރުދެނީ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި