ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑެތި ބަލިތަކުގެ ވާހަކަދައްކާ އިރު، ލައިފްސްޓައިލަށް ބަދަލު ގެނެސް ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހޭ: ނާޒިމް

Naxim

ބޮޑެތި ބަލިތަކުގެ ވާހަކަދައްކާ އިރު، ލައިފްސްޓައިލަށް ބަދަލު ގެނެސް ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ “ބާރު ހަތަރެއް” ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ސިއްހީ ހިދުމަތުގެ ވާހަކަދައްކާ އިރު، ސިއްހީ ދުޅަހެޔޮކަމަށް ނުވިސްނާ ނަމަ، އެ ވާނީ “ފޫނެތް ފަޔަށް ފެންފުރުން” ކަހަލަ ކަމަކަށް ކަމަށެވެ.

އެހެންކަމުން ޕަބްލިކް ހެލްތަށް ވިސްނައި، ކާން ބޭނުންކުރާ ބާވަތްތަކަށް ބަދަލު ގެނެސް، ސިއްހަތަށް ބަލައިގެން އުޅުމަށް ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރުން މުހިންމު ކަމަށާއި އޭރުން ކެންސަރު ފަދަ ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ އެކަމަށް ވިސްނައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައި ކަމަށާއި އެގޮތުން ދުންފަތް ކޮންޓްރޯލުކުރުމަށް އެ މަނިކުފާނު ނެންގެވި ފިޔަވަޅުން އެކަން ހާމަވެގެންދާނެ ކަމަށެވެ. އަދި މިހާރު ދުންފަތުން ދުރުވުމަށް ބޭނުންވާ މީހުންނަށް އާސަންދަ މެދުވެރިކޮށް އެކަމަށް ފަރުވާ ހޯދޭނެ އިންތިޒާމުތައް ވެސް ހަމަޖައްސާފައިވާނެކަން ފާހަގަކުރެއްވިއެވެ.

ސިއްހީ ދުޅަހެޔޮކަމަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ނާޅާހާ ބޮޑެތި ފިޔަވަޅުތަކެއް މި ސަރުކާރުން އަޅާފައިވާ ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އާބާދީ މަދު ރަށްރަށުގެ ސިއްހީ ޚިދުމަތް ވެސް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން: ނާޒިމް

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ: ނާޒިމް

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް