ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިލަންދޫ އެއާޕޯޓު ބިން ހިއްކުން: ބޮޑު ހިލަ ޖެހުމުގެ ބޮޑުބައެއް ނިންމައިފި

Nia

ފ. ނިލަންދޫ އެއާޕޯޓުގެ މަޝްރޫއުގައި ހިމެނޭ، ސޭންޑް ބަންޑުލްވޯލު އެޅުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން  ބުނީ އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 58 ޕަސެންޓު މަސައްކަތް ވެސް ނިންމާފައިވާ ކަމަށެވެ.

ނިލަންދޫ އެއާޕޯޓު ހެދުމަށް ބޭނުންވާ 42.6 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ފ. ނިލަންދޫގައި އެއާޕޯޓެއް ހަދަން ނިންމައި، އެކަމަށް ބޭނުންވާ ސާވޭތަކާއި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް ކުރުމަށް ސޮއިކުރީ 4 ޖެނުއަރީ 2024 ގައި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހު އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 390 ދުވަސް ތެރޭ ނިންމުމަށެވެ.

ނިލަންދޫގައި އެއާޕޯޓް ހަދަން ނިންމައި، ބިން ހިއްކަން މި އަހަރުގެ ބަޖެޓުގައި 20 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 28 at 20.22.59

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ